އާރަށު މައްސަލާގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށާއި އަދި އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "އަހުދު"ވެއްޖެއެވެ.
"ދުއްޕާން" މި ނަމުގައި މިރޭ އާޓްފިޝަލް ބީޗުގައި އިދިކޮޅުން ބޭއްވި ރެލީއެއްގައި މި އަހުދު ލައިދެއްވީ ރައްޔިތުން މަޖިލީހުގެ ކުރީގެ އަމީން އާއްމު އަލްއުސްތާޒު އަހުމަދު މުހައްމަދެވެ.
އެ އަހުދުގައި ވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމަކީ "ފާސިގު" ހެކި އުފައްދައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި އެއީ ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށާއި އެހެންކަމުން އެ ހުކުމް ބާތިލް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަހުދުގައިވެއެވެ. އެ އަހުދުގައި ރައީސް ޔާމީން ވަގުތުން ޖަލުން މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ.
މީގެއިތުރުން ދިވެހި ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ދިފާއުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވެސް އިދިކޮޅުން ވަނީ އަހުދުވެފައެވެ. އަދި ދިވެހި ރައްޔިތުންގެ އުއްމީދާއި އެއްގޮތަށް ދިވެހި ދައުލަތަކަށް ހިދުމަތް ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ހޯދައި ދިނުމަށާއި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ވެސް އިދިކޮޅުން ވަނީ އަހުދުވެފައެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ރައީސް ޔާމީން އިންތިހާބު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށާއި އެކަންކަން ކުރުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހުރިހާ މެންބަރުންނާއެކު އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބުމަށް އަހުރެން އަހުދުވަމެވެ،" އެ އަހުދުގައިވެއެވެ.
މިރޭގެ ރެލީގައި ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންނާއި އެ ކޯލިޝަނާއި އަދި ރައީސް ޔާމީނަށް ތާއީދު ކުރާ ޒުވާނުންނާއި ޕީޕީއެމް/ޕީއެންސީގެ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި