ވިހެއުމުން ދޭ ދެ މަސް ދުވަހުގެ ޗުއްޓީގެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އަމަލުކުރީ ކަންހިނގާފައިވަ ގޮތް އޮޅޭ ގޮތަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ވިހެއުމަށް ފަހު ދޭ ދެ މަސް ދުވަހުގެ ޗުއްޓީ އެ އިދާރާ އިން އިތުރު ކޮށްނުދިން ކަމަށް ވިދާޅުވެ، ޝަމްއާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ވަޒީފާ އަދާކުރުމުގައި ދިމާވާ މައްސަލަތަކުގައި ހައްގު ހޯދައިދޭން ތިބި އެ ޓްރައިބިއުނަލުން އެ ހައްގު ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ހައްލެއް ނުލިބުމުން ކަމަށް ވިދާޅުވެ އޭނާ ވަނީ ދެ މަހުގެ ފިރިހެން ދަރިފުޅާ އެކު އޮފީހަށް ނުކުންނަވަން ފައްޓަވައިފައެވެ.
އެ މައްސަލައިގައި ޓްރައިބިއުނަލަށް ވަނީ ބަޔާނެއް ނެރެފައެވެ. ސިވިލް ސާވީސްގައި ވަޒީފާ އަދާކުރާ އަންހެން ބޭފުޅުންނަށް ހަ މަސް ދުވަހުގެ މެޓަނިޓީ ލީވް މުސާރާއާ އެކު ލިބެނޭގޮތަށް ހަމަޖައްސަވަފައިވާކަން 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވުމާ ގުޅިގެން ސިވިލް ސަވީސްގެ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކުގައި މަސައްކަތްކުރައްވާ އަންހެން މުވައްޒަފުންނަން މެޓާނިޓީ ލީވް ދިނުމާ ގުޅޭގޮތުން އެ މުއައްސަސާތަކުން ވަނީ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލައިފައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގައި ނުހިމެނޭ ބައެއް ކަމަށް ވާތީއާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހަތް މެންބަރުންނަކީ ވަޒިފާއާ ބެހޭ ގާނޫނުގެ ދަށުން ފަސް އަހަރުގެ ދައުރަކަށް ރައީސުލްޖުމޫރިއްޔާ އައްޔަނުކުރާ ފަރާތްތަކެއް ކަމުގައިވުމުން، ސިވިލް ސާވީސްގެ މުވައްޒަފުންނާމެދު އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް އެ އިދާރާގެ މުވައްޒަފުންގެ އިތުރުން މެންބަރުންގެ މައްޗަށް ތަތުބީގު ނުކުރެވޭނެކަން ވަޒީފާއާބެހޭ ގާނޫނުގައި ބަޔާކޮށްފައިވާ ކަމަށް ޓްރައިބިއުލަނުން ބުންޏެވެ.
ނަމަވެސް އެ އިދާރާގެ މެންބަރުންނަކީ ރައީސް އައްޔަންކުރައްވާ ފަރާތްތަކަށްވެފައި ރާއްޒޭގައި ވަޒީފާ އަދާކުރާ އަންހެން ބޭފުޅުންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާ އެކު ލިބޭނޭގޮތް ހެއްދެވުމަކީ ރައީސްގެ ވައުދަކަށްވާތީގެ 2019 ވަނަ އަހަރު މެންބަރުންނަށް މެޓަނިޓީ ލީވް ހަޖއްސުމާ ގުޅޭގޮތުން އެ އަހަރު ރައީސް އޮފީހާ މަޝްވަރާކޮށްފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ޓްރިބިއުނަލްގެ މެމްބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަން ޖެހޭ އުސޫލެއް ފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އެ އުސޫލު ފާސްކޮށްފައިވަނީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ޝަމްއާވެސް ހިމެނޭހެންނެވެ.
އެ އުސޫލާ އެއްގޮތަށް ވިހެއުމާ ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީ ދޭން ނިންމާފައިވިޔަސް ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ޗުއްޓީގެ ގޮތުގައި ހަ މަސް ދުވަސް ދިނުމަށް މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާތީ އެ ޗުއްޓީ އައީ ދެމުން ކަމަށް ބުންޏެވެ.
އަދި މެމްބަރު ޝަމްއާ ވިހެއުމާ ގުޅިގެން ދެ ޗުއްޓީ އިތުރުކޮށްދިނުމަށް އެދި ހުށަހެޅި ނަމަވެސް، ޗުއްޓީގެ މުއްދަތު އިތުރުކުރުމުގެ ބާރު ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރައީސަށް ލިބިފައިނުވާތީ މެންބަރު ޗުއްޓީގެ މުއްދަތު އޮތުރުކުރެވެން ނެތްކަމާއި، އެހެންނަމަވެސް ދިމާވާ ކަންތައްތަކާ ގުޅިގެން އުސޫލުގެ ތެރެއިން ހާޒިރީގެ ތެރެއިން ލުއިތައް ދެވޭނެކަން އަންގާފައިވާނެ ކަމަށެވެ. އަދި ގޭގައި ހުރެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާދީފައިވާ ކަމަށެވެ.
"ޝަމްއާ ދީފައިވާ ބަޔަނުގައި ދަރިފުޅު ގޮވައިގެން އޮފީހަށް ހާޒިރުވެފައިވަނީ އިތުރު އެހެން ގޮތެއް ނެތިގެންކަމަށް ބަޔާންކޮށްފައިވީ ނަމވެސް، އަހަރީ ޗުއްޓީގެ 30 ދުވަހާ އާއިލީ ޒިންމާގެ ޗުއްޓީގެ 10 ދުވަސް ހައްުިވެ ބޭނުންނުކޮށް އޮތްއިރު އެ ޗުއްޓީތަކުން ޗުއްޓީއަށް އެފަރާތުން އެދިަލއްވާފައި ނުވޭ" ބަޔާނުގައި ބުންޏެވެ.
ހަމައެކަނި ޝަމްއާ ދެއްކި ވާހަކަތަކަށް ބިނާކޮށް އެ އިދާރާގެ ބަހެއް ނެތި ނޫސްތަކުން ހަބަރު ގެނެސްދީފައިވާތީ ހިތާމަކުރާ ކަމަށް ޓްރައިިބިއުލުން ބުންޏެވެ.