މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ސަރުކާރުގެ ވައުދާ އެއްގޮތަށް ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީކޮށް އާއްމުނަށް ހުޅުވާލުމަށް އެޗްޑީސީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ކުޑަގިރީގެ ހިދުމަތްތައް ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް ދިނުމަށް މޯބައިލް އެޕްލިކޭޝަންއެއް ތައާރަފްކޮށްފިއެވެ.
ކުޑަގިރި އެޕްލިކޭޝަނަށް ދީފައި ވަނީ "ކުޑަގިރި ޕިކްނިކް އައިލެންޑް" މި ނަމެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހެއްދުމާއި ކުޑަގިރީގެ އެކި ތަންތަން ފާހަގަކޮށްފައިވާ ޗާޓަކާއި އެމެޖެންސީ ހާލަތެއްގައި އަމަލު ކުރާނެ ގޮތް ކިޔައިދީފައިވެއެވެ. މީގެ އިތުރުން މޫސުމާ ބެހޭ މައުލޫމާތުގެ އިތުރުން، ކުޑަގިރީގެ އެންމެ ފަހުގެ މައުލޫމާތު މި އެޕްލިކޭޝަނުން ބަލާލެވެއެވެ.
އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް ލިންކަށް ފިއްތާލާ:
އައިފޯން އެޕް: "ކުޑަގިރި ޕިކްނިކް އައިލެންޑް"
އެންޑްރޮއިޑް އެޕް: "ކުޑަގިރި ޕިކްނިކް އައިލެންޑް"
މި މަސް ތެރޭގައި ކުޑަގިރި ހުޅުވުމުން ސަރުކާރުން ވަނީ ނިންމާފައެވެ. ކުޑަގިރި ހުޅުވުމުން، ދަތުރު ދިއުމަށް ބުކިން ހެއްދޭނެއެވެ.
ކުޑަގިރިއަށް ލޯންޗެއްގައި މާލެއިން ފުރައިގެން ދެވޭނީ 15 މިނެޓުންނެވެ.
ކުޑަގިރި ތަރައްގީ ކުރުމަށް 41 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެ ރަށުގައި އަސާސީ ބޭނުންތައް ފުރިހަމަ ކުރެވޭނެ ތަންތަނާއި ކެފޭ ރެސްޓޯރަންޓް، އަދި މިސްކިތެއް ވެސް އިމާރާތްކޮށްފައިވެއެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ