އިޓަލީގެ މާފިޔާގެ ޖަމާއަތަކަށް ނިސްބަތްވާ މީހަކު ވަނީ ދާދި ފަހުން ހައްޔަރުކޮށްފައެވެ. އެޑްގާޑޯ ޑްރެކޯ ނިސްބަތްވަނީ މާފިއާގެ "އަންދްރަގެތާ" ޖަމާއަތަަށެވެ. 2006 ވަނަ އަހަރުން ފެށިގެން އިޓަލީ ފުލުހުން ދިޔައީ އޭނާ ހޯދަމުންނެވެ. އެޑްގާޑޯ ހައްޔަރުކުރީ ފްރާންސުގެ ސިޓީއެއް ކަމަށްވާ ސެއިންޓް އެޓިއެންއިންނެވެ.

އިންޓަޕޯލް އިން ބުނީ އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. "ނުރައްކާތެރި މީހެއް" ގޮތުގައި ސިފަކޮށްފައިވާ އެޑްގާޑޯ އަކީ އިޓަލީގެ ގޭންގަކަށް ނިސްބަތްވާ ސްޓެފާނޯ އާއި ޖިއުސެޕޭ ބާޓޮލޮމިއޯ މަރާލި މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ.

އޭނާއަށް އިއްވާފައިވާ މަރުގެ ހުކުމުން ސަލާމަތްވިއެވެ. ނުރައްކާތެރި ބައްޔެއް ހުރިކަން ސާބިތުކޮށްދޭ ދޮގު ލިޔުންތަކެއް ހުށަހަޅައިގެންނެވެ.

އިޓަލީގެ ފުލުހުން ބުނީ އެޑްގާޑޯ، އެ ދެބެއިން މަރާލާފައިވަނީ ދަނގަޑު ބުރިއަކުން ހަމާލާދީ ކަމަށެވެ. އެކަމަކު ފުލުހުންނަށް އެމީހުން ހަށިގަނޑު ހޯދިފައެއް ނުވެއެވެ. ފުލުހުންނަށް ލަފާކުރެވޭ ގޮތުން އެސިޑް އަޅާއި އެ މީހުން ހަށިތައް ވަނީ ނައްތާލާފައެވެ.

1990ގެ އަހަރުތަކުގެ ކުރީކޮޅު ޕިނޯ ސޭނާ އާއި ޕަރްނާ ޕްރޮނޯ ނަމަކަށް ކިޔާ ގޭންގުތަކުގެ މެދުގައި ހިންގި ތަޅާފޮޅުމުގެ ތެރެއިން އެމިލިއާނޯ މޮސިއާރޯ ނަމަކަށް ކިޔާ ގޭންގު މެމްބަރަކު މަރާލަން އުޅުނު ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވެއެވެ.

ފްރާންސްގެ ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ޖޫން 2021 ގައި ސެއިންޓް އެޓިއެން ސިޓީގައި އެޑްގާޑޯ އައީ "ކެފޭ ރޮސިނީ ރިސްޓޯރަންޓޭ" ނަމަކަށް ކިޔާ އިޓަލީގެ ރެސްޓޯރެންޓެއްގެ ހިންގަމުންނެވެ. އެ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެ ރެސްޓޯރެންޓް ހިންގިއެވެ.

އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުން ރެސްޓޯރެންޓުގައި މަސައްކަތް ވެސް ކުރިއެވެ. ފިއްޒާ ޝެފެއްގެ ގޮތުގައި އޭނާ މަސައްކަތްކުރީ ނަން ބަދަލުކޮށްގެންނެވެ. އިތުރު ރެސްޓޯރެންޓްތަކެއްގައި ވެސް އޭނާ މަސައްކަތްކުރި ކަމަށްވެއެވެ.

ބަންދުކޮށްފައިވާ ކަމަށް ބެލެވޭ ކެފެ ރޮސީނީ ރިސްޓޯރަންޓޭގެ ފޭސްބުކް އެކައުންޓަކުން ފެންނަ ގޮތުގައި 2021 ވަނަ އަހަރު އެތަން ހުޅުވި ވާހަކަ އެ ސިޓީގެ ނޫސްތަކުން ގެނެސްދިނެވެ. "ޕައޮލޯ ޑިމިޓްރިއޯ އޭނާގެ ހުވަފެންތަކުގެ ރެސްޓޯރެންޓް ހުޅުވަނީ،" އެ ލެ ޕްރޮގްރޭސް ގައި ލިޔެފައިވާ ލިޔުމުގެ ހެޑްލައިންގައި ބުނެފައިވެއެވެ.

އިޓަލީގެ ދާހިލީ ވަޒީރު މަޓިއޯ ޕިއަންޓެޑޯސީއާ ހަވާލާދީ އިންޓަޕޯލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޑްގާޑޯ ހައްޔަރުކުރުމުން ދައްކުވައިދެނީ ހުރިހާ ބާވަތެއްގެ ކުށްތަކާއި ދެކޮޅަށް ހަނގުރާމަކޮށް ފިލައިގެން އުޅޭ މީހުން ހޯދުމުގައި އިޓަލީން މަސައްކަތްކުރާ މިންވަރު ކަމަށެވެ.

ބާޓޮލޯމިއޯ ބްރަދާސް މަރާލުމަކީ "އަންދްރަންގެތާ" އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ކެލަބްރިއަން މާފިއާގެ ގިނަ ވެރިން އިންފޮމޭޓަރުންނަށް ބަދަލުވެ، އެ މީހުންގެ އެތައް ބަޔަކު ހައްޔަރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދިނެވެ.

އިންޓަޕޯލް އިން ބުނީ "އަންްދްރަންގެތާ" އަކީ އިޓަލީގެ އެންމެ ފުޅާ އަދި ބާރުގަދަ މާފިއާ ގްރޫޕެއްގެ ގޮތުގައި ބެލެވޭ ޖަމާއަތެއް ކަމަށާއި އެ ޖަމާއަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އަދި ދެކުނު އެމެރިކާއިން ޔޫރަޕަށް ގުޅިފައިވާ ކޮކެއިންގެ ވިޔަފާރިއާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ޖަމާއަތެއް ކަމަށެވެ.

އެޑްގާޑޯ ހައްޔަރުކޮށްފައި މިވަނީ އަންދްރަގެތާ ގެ ބާރު އޮންނަ ކެލަބްރިއާގެ ދެކުނުގެ ސަރަހައްދެއްގައި ހިންގި އޮޕަރޭޝަނެއްގައި 250 މިލިއަން ޔޫރޯ އަށް ވުރެ މަތީގެ މުދާތަކެއް އަތުލައިގެންފައިވާ ކަމަށް އިޓަލީގެ ފުލުހުން ބުނިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ފުލުހުންނާއި ޕްރޮސެކިއުޓަރުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމާއި، ރިޝްވަތު ހިފުމާއި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ތުހުމަތުގައި މިހާރުވެސް 56 މީހަކަށް ޖިނާއި ދައުވާކުރަން ހުށަހަޅާފައިވާ ކަމަށެވެ.