ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހިޔާ ސަރަހައްދުގައި ކުޑަ ކުދިންނަށް ޙާއްސަ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަަށް އެޗްޑީސީ އިން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ ކުޑަކުދިން ކުޅޭނެ ގިނަ އާ ސާމާނުތައް ބެހެއްޓި، އާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ޕާކުގައި ހަމަޖެހިފައިވާ ކަމަަށެވެ.
މީގެ އިތުރުން، ހިޔާ ޓަވަރުތަކުގެ މެދުގައި ހުންނަ ހުސް ޖާގަތައް އެދެވޭ ގޮތެއްގައި ބޭނުން ކުރުމަށް ޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކާއި ގުޅިގެން ޕޮކެޓް ޕާކްތަކެއް ދަނީ ހަދުންނެވެ.
[caption id="attachment_47164" align="alignnone" width="2560"] ހިޔާ ޓަވަރުތަކުގެ ކައިރީގައި ތަރައްގީ ކުރާ ޕާކެއް[/caption]
އެ ސަރަހައްދުތަކުގައި ގަސް އިންދާ އަދި، އާއްމުންނަށް ބޭނުން ހިފޭނެ ގިނަ ކަންތައްތަކެއް ހިމެނިފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ. މި ކޯޕަރޭޝަނުން ނިންމާފައި ވަނީ މި ޕޮކެޓް ޕާކްތައް ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ކުރުމުގެ މަގު ފަހި ކޮށްދިނުމަށެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން