މަގު ބަންދުކުރުމާއި މަގު ކޮނުމުގެ އަގުތައް ދެ ގުނައަށް ވުރެ ބޮޑުކޮށްފައިވާތީ، މާލެ ސިޓީ ކައުންސިލް ގޮވައިގެން ސްޓޭޓް އިލެކްޓިރިކް ކޮންޕެނީ (ސްޓެލްކޯ)އިން ކޯޓަށް ދާން ނިންމައިފިއެވެ.

ސްޓެލްކޯއަކީ މާލޭގެ ގެތަކަށް ކަރަންޓު އެޅުމަށް މަގު ކޮނުމާއި ބައެއް ހާލަތްތަކުގައި މަގު ބަންދުކޮށްގެން، މަސައްކަތް ކުރާ ކުންފުންޏެވެ. އެ މަސައްކަތްތައް އާންމު ތަންތަނުގައި ކުރާއިރު، ސިޓީ ކައުންސިލުން ހުއްދަ ހޯދަންޖެހެއެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ އެ ހުއްދަތަކުގެ އަގުތައް ދެގުނަކޮށްފައެވެ. އެގޮތަށް އަމަލު ކުރަން ފެށީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ.

https://twitter.com/hathavees/status/1620757634243792900?s=20&t=W2_u0V93QhgzTGf_y4db-w

އެކަމާ ގުޅޭ ގޮތުން ސްޓެލްކޯގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނިގެ އެމްޑީ އަހުމަދު ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލުން ކުރިން ނަގަމުން ގެންދިޔަގެންދިޔަ ފީތައް 154 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން މަގު ބަންދުކުރުމަށް ބަހައްޓާ ބޯޑުގެ އަގު 150 ރުފިޔާ އިން 300 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޕޭވްމަންޓު ކޮނެގެން އެއްޗެއް ވަޅުލާނަމަ، ކޮންމެ ފޫޓަކަށް 25 ރުފިޔާ ނަގާ ކަމަށާއި އެއީ މީގެ ކުރިން އަގު ނަގާފައި ނުވާ ކަމެއް ކަމުގައި ޝަރީފު ވިދާޅުވިއެވެ.

[caption id="attachment_47115" align="alignnone" width="1280"] ސްޓެލްކޯ އެމްޑީ ޝަރީފް: މައްސަލަ ކޯޓަށް ހުށަހަޅުއްވަނީ ގާނޫނާ ހިލާފު އުސޫލަކަށްވާތީ-- ފޮޓޯ/ ހަތާވީސް އޮންލައިން[/caption]

ޝަރީފު ވިދާޅުވި ގޮތުގައި އަގުތަކަށް ބަދަލު ގެނައި އުސޫލަށް އަމަލު ކުރަން ފެށީ މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ކަމަށާއި ނަމަވެސް އެ އުސޫލު ގެޒެޓްކޮށްފައި ވަނީ ޖެނުއަރީ 2 ވަނަ ދުވަހުއެވެ. ޝަރީފު ވިދާޅުވީ މިފަދަ ކަންކަމަަކީ ރައްޔިތުންނަށް މާލީ ބުރައެއް އުފުލަންޖެހޭ ކަމެއް ކަމަށާއި މިފަދަ އުސޫލެއް ހެދީ ކަމާބެހޭ ފަރާތްތަކުގެ އެއްވެސް މަޝްވަރާއެއް ވެސް ހޯދުމެއް ނެތި ކަމަށެވެ. އަދި ވިދާޅުވީ ސިޓީ ކައުންސިލުން އެފަދަ ނިންމުމެއް ނިންމައި، ގެޒެޓް ކުރަންވާނީ ވެސް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެޖީއޭ)ގެ ލަފާގެ މަތިން ކަމަށާއި އެކަން ވެސް ސިޓީ ކައުންސިލުންކޮށްފައި ނުވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި މި ވަނީ ސިޓީ ކައުންސިލުން ބައެއް ފަހަރުގައި ކަންތައްތައް ކޮށްފައި ހުންނަ ގޮތުން އާންމު ރައްޔިތުންނަށް އުނދަގޫވެ، އާންމު ރައްޔިތުންނާއި ސަރުކާރުން ދޭ ހިދުމަތާ ދޭތެރޭގައި ހިތްނުތަނަވަސްވާ ކަންތައްތައް ސިޓީ ކައުންސިލުން ކުރަމުން އައިސްފައިވާތީވެ،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލުގެ އެ އުސޫލު ބާތިލު ކުރަން ކޯޓަށް ދިއުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މެނޭޖުމަންޓުން ނިންމާފައި އޮތީ ކޯޓަށް ދާން. މި ފުރުސަތުގައި އަޅުގަނޑު ދަންނަވާލާނީ މިކަހަލަ އުސޫލުތައް ހެއްދެވުމުގައި ރައްޔިތުންނަށް މާލީ ބުރައެއް ތަހަންމަލް ކުރަންނުޖެހޭނެ ގޮތަށް އުސޫލެއް ހައްދަވާނަމަ، ރަނގަޅު ޕްރެކްޓިސްއާ އެއްގޮތަށް، ގާނޫނުގެ ތެރެއިން އެކަން ކުރުމަށް،" ޝަރީފު ވިދާޅުވިއެވެ.