ރ. އަތޮޅާއި ބ. އަތޮޅުގައި މީހުން ދިރިއުޅޭ 26 ރަށެއްގައި އިރުގެ އަލިން ޙަކަތަ އުފެއްދުމުގެ މަޝްރޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖުން އެންޑް ޓެކްނޮލިޖީން ބުނީ މި މަޝްރޫއުގެ ސަބަބުން އަހަރަކު 2.9 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށާއި ފައިސާއިން ނަމަ އަހަރަކު 47 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ. މީގެ އިތުރުން 7900 ޓަނުގެ ކާރބަންޑައި އޮކްސައިޑް އިކްއިވެލަންޓް މަދުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

https://twitter.com/MoEnvmv/status/1620364698997907459?s=20&t=mmEc2XU3JWNculbu07wIKQ

ރ. އަތޮޅާއި ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ގާއިމު ކުރަނީ 6.35 މެގަވޮޓުގެ ސޯލާ ޕީވީ، އަދި 7.66 މެގަވޮޓު އަވަރގެ ބެޓްރި އެނަރޖީ ސްޓޯރޭޖު ސިސްޓަމް އާއި އެނަރޖީ މެނޭޖުމަންޓް ސިސްޓަމެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާ އަދި ކޮންޓްރެކްޓަރ ގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ މިސްޓަރ ސާއޯ ސިއޯ މިންގއެވެ.

އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ ދެ ރަށެއްގައި ދުވާލުގަޑީގައި ޖަނަރޭޓަރުތައް ބޭނުންކުރަން ނުޖެހެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ހަވާލުކުރެވިފައިވާ މަޝްރޫއުތައް ނިމުމުން ކައިރި މުސްތަޤުބަލުގައި އިތުރު ނުވަ ރަށެއްގައި ދުވާލުގެ ގަޑީގައި ޖަނެރޭޓަރުތައް ނިއްވާލެވޭނެ ކަމަށެވެ. އޭގެ ސަބަބުން ތެލަށް ކުރާ ހަރަދު ކުޑަވާނެއެވެ.