އދ. އަތޮޅު ރިސޯޓަކުން މޫދަށް ފޭބި، އުމުރުން 18 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ. އޭނާ މަރުވީ ފަރުވާ ދެމުންދަނިކޮށެވެ.
މަރުވީ އދ. އަތޮޅުގައި ހިންގާ މާފުށިވަރު މޯލްޑިވްސް ރިސޯޓުން މޫދަށް ފޭބި ޒުވާނެކެވެ.
އޭނާ ހާލު ދެރަވެގެން އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު އިރުއޮއްސި 7 ޖަހަން އުޅެނިކޮށެވެ.
“އެ މީހާއަށް މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް، ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،” ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން