ހަތަރު ރަށެއްގައި އެއާޕޯޓު އަޅައިިދޭން ބިން ހިއްކަން ތިން ފަރާތަކުން ބިޑު ހުށަހަޅައިފިއެވެ.
ބ. ތުޅާދު، ތ. ވިލުފުށި، ށ. ބިލެތްފަހި އަދި ހދ. މަކުނުދޫގައި އެއާޕޯޓު އަޅަން ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.
https://twitter.com/MoNPHImv/status/1620018102724595712
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ބުނީ އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވާ ރަށްތަކުގެ މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކައިދޭނެ ބަޔަކު ހޯދަން ހުޅުވާނުލާ ކުރިއަށް ގެންދިޔަ ރެސްޓްރިކްޓެޑް ޓެންޑަރިންގައި ތިން ފަރާތެއްގެ ބީލަން ލިބިފައިވާ ކަމަށެވެ.
އެއީ ކޮން ތިން ފަރާތެއް ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
އެ މިނިސްޓްރީން ބުނީ ބިޑް އިވެލުއޭޓު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުން ގުޅާލުމަށް، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން