އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިން ފެނުނު ނަތީޖާއާ އެކު ކުރިޔަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުގަދަކުރުމަކީ އެމްޑީޕީ އިން ދަސްވި އަގުހުރި ފިލާވަޅެއް ކަމަށެވެ.

”މާޒީން އިބްރަތް ހާސިލްކޮށް ފެންނަން އޮތް ނަތީޖާއާއިއެކު ކުރިއަށް ދިއުން ނޫން ޗޮއިސްއެއް ނެތެވެ،” އަލީ ނިޔާޒު ވިދާޅުވިއެވެ.

https://twitter.com/ali_niya/status/1619556672984449024?s=46&t=1X-qdLSRcsn7cYGxnJqTEg

އޭނާގެ ޓްވީޓުގައި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާ ވާދަކޮށްގެންނެވެ.

އެގޮތުން އެމަނިކުފާނު ވަނީ 61 ޕަސެންޓު ވޯޓު ހޯދައިފައެވެ. ރައީސް ނަޝީދަށް ލިބުނީ 39 ޕަސެންޓު ވޯޓެވެ.