މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބޮޑީ ކެމެރާ ހަރުކޮށްގެން ގދ. ގައްދޫގައި މީހަކު ވޯޓުލުމުން، އެރަށުގައި ވޯޓުލުން ހުއްޓިއްޖެއެވެ.

ގައްދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވަނީ ވޯޓުލާ މަރުކަޒުގެ ވީޑިއޯ އެއް އާއްމު ކޮށްފައެވެ. އެ ވީޑިއޯގައި ވޯޓު ކަރުދާސްތައް އިރާލާ މަންޒަރު ފެނެއެވެ. އަދި އެތަނުގައި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގުމުން ވޯޓުލާ މަރުކަޒަށް ފުލުހުން ވަދެ ބައެއް މީހުން އެތަނުން ނެރޭ މަންޒަރުވެސް ފެނެއެވެ.

https://twitter.com/ahmedzahirjr/status/1619240894108176384?s=46&t=WZcGgH0LpaVmm0hrTky3yQ

ގައްދޫގައި ބޮޑީ ކެމެރާ ހަރުކޮށްގެން މީހަކު ވޯޓުލީއިރު ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ ކަމުގެ ޝަކުވާ ކުރުމުން ގއ. ވިލިނގިލީ މާލޭ ދާއިރާގެ ވޯޓު ފޮށީގެ ވޯޓުލުން ވަގުތީ ގޮތުން ހުއްޓާލިއެވެ.

ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް އަލުން ވަނީ ވޯޓުލުން ފަށައިފައެވެ.

އެ މައްސަލަ ހައްލު ކުރުމުގެ ތެރެއިން އީވާ ވަނީ ވިލިނގިލީ މާލެ ދާއިރާގެ ވޯޓުލުން އަލުން ފެށޭނީ ވޯޓު ފޮށީގައި ހުރި ވޯޓު އަލުން ގުނުމަށްފަހު، ދެ ކެންޑިޑޭޓުންގެ މެދުގައި ފަރަގު ކުޑަވާނެ ކަމަށް ވާނަމަ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

https://twitter.com/ashjau/status/1619244318266642432?s=46&t=th97ie0dd-8wEZ4ShpQgng

އީވާ ވިދާޅުވި ގޮތަށް އަމަލު ކުރުމަށްފަހު މިހާރު އަލުން އެ ފޮށީގެ ވޯޓުލުން ވަނީ ފަށައިފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ދަނީ ކުރިޔަށެވެ. މިއީ ރާއްޖޭގައި މިފަހުން ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީއެވެ.

މި އިންތިހާބު މިހާ ފޯރިގަދަވެފައި މިވަނީ، ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ކުޑައިރުއްސުރެ އުޅުއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު މި އިންތިހާބުގައި ވާދަކުރެއްވުމުންނެވެ.