ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު ފެށިގެން ކުރިޔަށްދާއިރު، ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ ކަމުގެ ޝަކުވާ ކުރުމުން ގއ. ވިލިނގިލީ މާލޭ ދާއިރާގެ ވޯޓު ފޮށީގެ ވޯޓުލުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތުމަށްފަހު އެ މައްސަލަ ހައްލުކޮށްފިއެވެ.
ވޯޓުލުން މެދުކަނޑާލާފައި އޮތުމަށްފަހު މިހާރު ވޯޓުލުން ވެސް ވަނީ އަލުން ފަށައިފައެވެ.
މި ވޯޓު ފޮއްޓާއި ގުޅޭ ގޮތުން ޝަކުވާ ކުރެއްވީ މަޖިލީހުގެ ނާއިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާއެވެ. އޭނާ ވަނީ ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލާފައިވާ ކަމަށާއި އެކަން ރަނގަޅު ނުކޮށް އެ ފޮއްޓަށް އެއްވެސް ވޯޓެއް އިތުރަށް ނުލެވޭނެ ކަމަށް ވިދާޅުވެފައެވެ.
މައްސަލަ ހައްލު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބްރޭ) ވަނީ ވޯޓުލާ މަރުކަޒަށް ވަޑައިގެންފައެވެ.
މައްސަލަ ހައްލު ކުރުމުގެ ތެރެއިން އީވާ ވަނީ ވިލިނގިލީ މާލެ ދާއިރާގެ ވޯޓުލުން އަލުން ފެށޭނީ ވޯޓު ފޮށީގައި ހުރި ވޯޓު އަލުން ގުނުމަށްފަހު، ދެ ކެންޑިޑޭޓުންގެ މެދުގައި ފަރަގު ކުޑަވާނެ ކަމަށް ވާނަމަ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.
އީވާ ވިދާޅުވި ގޮތަށް އަމަލު ކުރުމަށްފަހު މިހާރު އަލުން އެ ފޮށީގެ ވޯޓުލުން ވަނީ ފަށައިފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ދަނީ ކުރިޔަށެވެ. މިއީ ރާއްޖޭގައި މިފަހުން ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީއެވެ.
މި އިންތިހާބު މިހާ ފޯރިގަދަވެފައި މިވަނީ، ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ކުޑައިރުއްސުރެ އުޅުއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު މި އިންތިހާބުގައި ވާދަކުރެއްވުމުންނެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ