ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު ފެށިގެން ކުރިޔަށްދާއިރު، ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ ކަމުގެ ޝަކުވާ ކުރުމުން ގއ. ވިލިނގިލީ މާލޭ ދާއިރާގެ ވޯޓު ފޮށީގެ ވޯޓުލުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
މި ވޯޓު ފޮއްޓާއި ގުޅޭ ގޮތުން ޝަކުވާ ކުރެއްވީ މަޖިލީހުގެ ނާއިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާއެވެ. އޭނާ ވަނީ ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލާފައިވާ ކަމަށާއި އެކަން ރަނގަޅު ނުކޮށް އެ ފޮއްޓަށް އެއްވެސް ވޯޓެއް އިތުރަށް ނުލެވޭނެ ކަމަށް ވިދާޅުވެފައެވެ.
މި އިންތިހާބުގައި އީވާ ތާއީދު ކުރައްވަނީ ވާދަ ކުރައްވާފައިވާ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށެވެ.
ވޯޓު ފޮށީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދެ ފަރާތުގެ ކެންޑިޑޭޓުންގެ ޓީމުން ވާހަކަ ދައްކައިގެން އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް އެވަގުތުގެ ތެރޭގައި ދެ ފަރާތުން ވެސް ވަނީ ބަހުގެ ހޫނު ޒުވާބުތަކެއް ވަނީ ރައްދު ކޮށްފައެވެ. މިހާރު ވާހަކަ ދައްކައިގެން ޒުވާބު ކުރުން ވަނީ ހައްލަކަށް ގެނެސްފައެވެ.
ދެ ފަރާތުން ވެސް މިހާރު މަސައްކަތް ކުރަމުން ދަނީ ޕާޓީ އޮފީހާއި [އެމްޑީޕީ ސެކްރެޓޭރިއަޓް] ވާހަކަދައްކައިގެން ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ދަނީ ކުރިޔަށެވެ. މިއީ ރާއްޖޭގައި މިފަހުން ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީއެވެ.
މި އިންތިހާބު މިހާ ފޯރިގަދަވެފައި މިވަނީ، ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ކުޑައިރުއްސުރެ އުޅުއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު މި އިންތިހާބުގައި ވާދަކުރެއްވުމުންނެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން