މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވޯޓު ލައްވައިފިއެވެ.
ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި އިންތިހާބު އެމަނިކުފާނަށް ކާމިޔާބުވާނެ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ވަރަށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުވުން ކަމަށްވެސް ވިދާޅުވިއެވެ.
”ޑަބަލް ޑިޖިޓުގެ ތަފާތެއް ނަތީޖާ އަންނައިރުގައި ފެންނާނެ ކަމަށް،” ރައީސް ވިދާޅުވިއެވެ.
[caption id="attachment_46899" align="alignnone" width="1280"] ޕްރައިމަރީގައި ވޯޓު ލެއްވުމަށްފަހު ރައީސް ނޫސްވެރިންނާއި ބައްދަކުކުރައްވާ ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް[/caption]
ރައީސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިޔަށް ދިއުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މި އިންތިހާބުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް އަދި ވޯޓު ގަޑުބަޑު ކުރުމުގެ ކަމެއް ހިނގާފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއަަށްވުރެ ކަންކަން އިންތިޒާމު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ޕްރައިމަރީ ކާމިޔާބުވި ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ގިނަކަން ރައީސް ފާހަގަކުރެއްވިއެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި