އާއްމު ގޮތެއްގައި އަބަދުވެސް ހަބަރުތަކުން އަޑުން އިވެނީ ފަލަސްތީނުގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ވާހަކައެވެ. ފަލަސްތީނު ވަށައިގެން އެތައް ގުތުރަތީ ރީތީ ތަންތަން ހުރެއެވެ. އެ ރީތިކަމާއި ތަފާތުކަމާއި މުއްސަނދި ސަގާފަތުގެ ވާހަކަ ވަރަށް މަދުން ނޫނީ ނުދައްކައެވެ. އެކަމާ ފޫހިވެގެން ބިސާން އަލްހާޖަސަން، 33، އާއި މަލާކް ހަސަން، 32، ނިންމީ އެމަންޒަރުތައް ދުނިޔެއަށް ދައްކަންށެވެ. އެކަން ކުރަން އެ ދެ މީހުން ހެދީ "އަހްލާން ފަލަސްތީން" ނަމުގައި އިންސްޓަގްރާމް ޕޭޖެކެވެ.

ޓްރެވަލް ބްލޮގިން އާއި ނޫސްވެރިކަމުގެ ތަޖުރިބާ އެއްކޮށް ލައިގެން އެ މީހުން ހެދި އިންސްޓަގްރާމް ޕޭޖުގައި 26،000 އެއްހާ ފޮލޯވަރުން އެބަތިއްބެވެ. އެ ޕޭޖު ފުރާލީ ޒައިތޫނި އަދި ކަދުރު ދަނޑުތަކުގެ ރީތީ ފޮޓޯތަކާއި ވީޑިއޯއިންނެވެ. އެ ޕޭޖުން ފަލަސްތީނުގެ ބަދަލުވަމުންދާ މޫސުމާއި ތާރީހާއި، މިއުޒިކާއި، ފޯކްލޯރާއި ޑާންސާއި ކާބޯތަކެތިގެ މަންޒަރުތައް ފެނެއެވެ. އެ ޕޭޖް މަޑުމަޑުން ބަދަލުވީ ފަލަސްތީނުގެ ތަރިކަ އާކައިވް ކުރުމުގެ ގޮތަކަށެވެ.

އަލްހާޖަސަން ބުނީ، އެމީހުންގެ މަސައްކަތުގެ މި ބައި މުހިންމުވީ އިސްރާއީލުގެ ބާރުގެ ދަށުގައި ފަލަސްތީނުގެ ދިރިއުޅުން ފޮހެލުމަށް އަބަދުވެސް ކުރަމުން އަންނަ މަސައްކަތްތަކުގެ އަލީގައި ކަމަށެވެ. ޕޭޖަށް ލިބެމުންދާ ތާއިދާއެކު އެ ދެ މީހުން ވަނީ ޕާސަނަލައިޒްޑް ޓުއާތައް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައެވެ. އަގުތައް އުޅެނީ އެ މީހުން ކުރި ދަތުރުތަކުގެ ތަޖުރިބާއަށް ބެލުމަށް ފަހުއެވެ. ދަތުރުތަކުގެ އެވްރެޖް އަގަކީ 100 ޑޮލަރާއި 250 ޑޮލަރާ ދެމެދުގެ އަގުތަކެކެވެ. ޓުއާ އެއް ބުކް ކުރަން ބޭނުންވާ މީހުން އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް ރިކުއެސްޓް ފޮނުވޭނެއެވެ.

"ބައެއް މީހުންނަކީ ވަރަށް އޯޕަން ވިސްނުމެއްގައި އުޅޭ ބައެއް، ބުނަނީ ފަލަސްތީނު ދެކެން ބޭނުން. އެއީ އަހަރެންގެ ފޭވަރިޓް ބައި!" ލިބުނު މައުލޫމާތަށް ބިނާކޮށް މަލާކް އާއި ބިސާން ދެން ޓުއާއެއް ޑިޒައިން ކުރެއެވެ. ޓުއާ ގްރޫޕް މެދުވެރިކޮށް ފަލަސްތީނުގެ ގިނަ ސަރަހައްދުތަކެއް ބަލާލަން ފުރުސަތު ލިބުނު ނަމަވެސް އެއް ގޮންޖެހުމަކީ މިނިވަންކަމާ އެކު ކުރިއަށް ނުދެވުމެވެ. ބަންދުވެފައިވާ މަގުތަކުން ފެށިގެން ޗެކްޕޮއިންޓްތަކާއި ވަޒަންވެރިންގެ ހަމަލާތަކުން ފެށިގެން އިޒްރޭލުގެ ބާރުގެ އަސަރު ހުރިހާ ދިމާލަކުން ވެސް އިހުސާސް ކުރެވޭ އިރު ބައެއް ފަހަރު އެކަމުން އަރައިނުގަނެވޭނެއެވެ. އަލްހާޖަސަން ބުނީ އިސްރާއީލުން ފަލަސްތީނަށް ކުރާ އަނިޔާތަކުގެ ކަވަރޭޖަކީ ވަރަށް މުހިންމު ކަވަރޭޖެކެވެ.

ނަމަވެސް އޭނާ ބުނި ގޮތުގައި ފަލަސްތީނުގެ ސިފައާއި ސަގާފަތް ދައްކުވައިދިނުމަކީ ވެސް އެ ގައުމާ މެދު ކުރިން ދެކެވެމުން އައި ވިސްނުންތައް ދޫކޮށްލުން މުހިންމު ކަމެކެވެ. "މިހާރުވެސް ވަރަށް މޮޅު ޕްލެޓްފޯމްތަކެއް އެބަހުރި އެ މަސައްކަތާ ބެހޭ ގޮތުން ލިޔާ، އަޅުގަނޑުމެން ބޭނުން ވަނީ އެހެން ކަމެއް ދައްކަން"، އޭނާ ބުންޏެވެ. "ކޮންމެވެސް ތަނަކަށް ގޮސް މީހުންނާ ބައްދަލުކުރާއިރު އާންމުގޮތެއްގައި ކޮންމެ މީހަކީ ވެސް ވަރަށް ދީލަތި، ވަރަށް އޯގާތެރި، މަރުހަބާ ކިޔާ ބައެއް،" އޭނާ ބުންނެވެ.

މިވަގުތު އަލްހާޖަސަން އާއި ހަސަން އަންނަނީ ޓުއާތަކުގެ އިތުރުން އެހެނިހެން ޕްރޮޖެކްޓްތަކުގައި ވެސް ބެލެންސްކޮށްގެން މަސައްކަތް ކުރަމުންނެވެ. އެކަމަކު އެއް ދުވަހަކުން ޓުއާ ގްރޫޕް ފުޅާކޮށް، ފުލްޓައިމް ވަޒީފާއަކަށް ހެދުމުގެ އުއްމީދުގައި ތިބި މި ދެ މީހުންނަށް، އެ ހުރިހާ ކަމެއްގެ އަގު ވަޒަން ކުރަނީ ރައްޔިތުންގެ ރިއެކްޝަންތަކެވެ. "ދުނިޔޭގެ ގިނަ ޓޫރިސްޓުން ފަލަސްތީނަށް ޒިޔާރަތް ކުރަން ފަސްޖެހެނީ މީޑިއާއިން ފެންނަ ކަންތައްތަކުގެ ސަބަބުން، އެކަމަކު އެކަން ބަދަލުކުރާނަން،" އަލްހާޖަސަން ބުންޏެވެ.