ވިޔަފާރީގެ މުއާމަލާތްތަކަށް މިހާރު ދުނިޔޭގެ ކުންފުނިތަކުން ބޭނުންކުރާ އެސްއޭޕީ އަރީބާ ނެޓުވޯކް އެސްޓީއޯ އިން ތައާރަފުކޮށްފިއެވެ.
އެ ވިއުގަ ތައާރަފުކުރުމަށް ކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި އަރީބާ ނެޓްވޯކް އިފްތިތާހް ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާނެވެ.
އެސްޓީއޯ އިން ބުނީ އެ ނެޓްވޯކަކީ ފަސް ދުވަހުގެ ޕްރޮކިއުމަންޓު މަސައްކަތް ފަސް ގަޑިއިރަށް ބަދަލުކޮށްދޭނެ ނެޓްވޯކެއް ކަމަށާއި ނެޓްވޯކަށް މަސައްކަތްތައް ބަދަލު ކުރާނީ، ނެޓްވޯކާ ގުޅޭ ގޮތުން ސަޕްލަޔަރުންނަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، އެ ނެޓްވޯކަށް އަހުލުވެރިވުމުން ކަމަށެވެ.
އަދި މީގެ ސަބަބުން އެސްޓީއޯގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމަކާއި ފަސޭހައެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރީބާ ނެޓްވޯކަކީ ކްލައުޑް ބޭސްޑް އޮންލައިން ނެޓްވޯކެކެވެ. އޭގެ އެހީ ސަޕްލަޔަރުންނާ ކުރަން ޖެހޭ ހުރިހާ މުއާމަލާތްތަކެއް ވަރަށް ފަސޭހަކަމާ އެކީ ކުރެވޭނެ އެވެ. އެގޮތުން ބިޑަށް ހުޅުވާލުމާއި، ބިޑު ހުށަހެޅުމާއި، ތަކެތީގެ ކޯޓޭޝަން ހުށަހެޅުމާއި، އޯޑަރުކޮށް ކޮންފާމް ކުރުމާއި ޑެލިވަރީ ނޮޓިފިކޭޝަން ފަދަ ކަން ކުރެވޭނެ އެވެ.
އެސްޓީއޯ އިން ބުނީ އަރީބާ ނެޓްވޯކު ބޭނުން ކުރަން ސަޕްލަޔަރުން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން