ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންނާއި ހަވާލުކުރިއިރު އޭނާ މަސްތުވާތަކެތި ގެނައި ކަމަށް ބެލެވޭ ލަގެޖު ގެއްލިއްޖެއެވެ.
ފުލުހުން މިއަދު ބުނީ މިމަހުގެ އަށްވަނަ ދުވަހު ރާއްޖެ އައި މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ކަސްޓަމްސް އިން އޭނާ ފުލުހުންނާއި ހަވާލުކުރި ކަމަށެވެ. އެހެންނަމަވެސް އޭނާގެ ލަގެޖު ހަވާލު ކޮށްފައި ނުވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އޭނާ ރާއްޖެ އައިއިރު 30 ކިލޯގެ ލަގެޖެއް ގެނައި ކަމަށާއި ލަގެޖު ގެންދިޔަ މީހެއް ނޭނގޭ ކަމަށް ހައްޔަރުކުރި މީހާ ބުނި ކަމަށެވެ. މިހާތަނަށް އެ ލަގެޖު ހުރިތޯ ބެލުމަށް އެއާޕޯޓުގެ ސީސީޓީވީ ފުޓޭޖުތައް ބެލުމުން އެ ލަގެޖު ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ ބައެއް މުހިއްމު ދިމާތަކުގައި ސިީސީޓީވީ ނުހުންނަ ކަމަށެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓާނެ ވަރަށް ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ