ހިޔާ ސަރަހައްދުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލާއި ގުޅިގެން އެޗް 16 ވަނަ ޓަވަރުގައި އިއްޔެ ކްލިނިކެއް ހުޅުވައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނީ ހިޔާ ސަރަހައްދުގައި މީހުން އާބާދުވުމާއިއެކު މި ސަރަހައްދުގައި އާންމުން ބޭނުންވާނެ ޒަރޫރީ ހިދުމަތްތަކާއި އަދި އެހެނިހެން ހިދުމަތްތައްވެސް ފޯރުކޮށްދިނުމަށް ސަރުކާރާއި އެ ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
[caption id="attachment_46368" align="alignnone" width="1600"] ހިޔާގައި ހުޅުވި ކްލިނިކް: ފޮޓޯ / އެޗްޑީސީ[/caption]
އެގޮތުން، މިހާރު ހިޔާ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ ގިނަ ކަންކަން ފޯރުކޮށްދެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އެޗްޑީސީ އިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާފައިވާ ކްލިނިކުން އާންމު ބަލިތަކަށް ފަރުވާދެވިގެން ދާނެ ކަމަށެވެ. އެ ކްލިނިކުން ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމާއި، ޕަބްލިކް ހެލްތު ޔުނިޓަކާއި، އެސްޓީއޯގެ ފާމަސީއެއްގެ އިތުރުން އެހެނިހެން ބައެއް ހިދުމަތްތައްވެސް ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެ ކްލިނިކުން ހުކުރު ދުވަހާއި ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ހަވީރު 5:00 އަށް ހިދުމަތް ލިބިގެންދާނެއެވެ.
[caption id="attachment_46367" align="alignnone" width="1600"] ހިޔާގައި ހުޅުވި ކްލިނިކުގައި ގާއިމްކޮށްފައިވާ އެސްޓީއޯ ބޭސް ފިހާރަ: ފޮޓޯ / އެޗްޑީސީ[/caption]
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަކީ ވަރަށް ބޮޑު އާބާދީއެއް އޮންނަ ސަރަހައްދެއްކަމުން އެ ކްލިނިކްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަން އެޗްޑީސީން ޔަގީން ކުރެއެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ރައީސަކަށް ފަރުޝަތު
ވެލާނާ އެއާޕޯޓުން ޑޮލަރުތައް ފޭރުނު މައްސަލާގައި ބަޔަކު ހައްޔަރަށް
ރިޒާ އިސްތިއުފާ ދެއްވުމުން، ހުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި