މިއަދު ހެނދުނު ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ބައެއް ސްކޫލުތަކުގެ ކިޔެވުން ކެންސަލްކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލާއި އިއްޒުންދީން ސްކޫލުގެ ބައެއް ދަންފަޅިތަކުގެ ކިޔެވުން ކެންސަލް ކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މާދުއްދީން ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުން ބާއްވާފައެއް ނުވެއެވެ. އަދި އިއްޒުންދީން ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދެމުން އަންނަ ސްކޫލަކަށް ވާތީ އެ ސްކޫލުގެ ކިޔެވުން މިއަދު ވަނީ އެއްކޮށް ކެންސަލް ކޮށްފައެވެ.
ނީލަން ފިހާރައިގައި ރޯވި މިއަދު ހެނދުނު 6 ޖަހަން އުޅެނިކޮށެވެ. ލަކުނޑި އާއި ދަގަނޑާއި ބައެއް ޕްލާސްޓިކުގެ ބާވަތްތައް ވެސް ހުންނަ ނީލަންފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނު ކަމަށް ސަލާމަތީ ހިދުމަތްތަކުން ބުނީ މިއަދު ހެނދުނު 9 ޖެހިފަހުންނެވެ.
ނީލަން ފިހާރާގައި މިއަދު ރޯވި އަލިފާންގަނޑު ފެތުރި ސިޓީ ކައުންސިލްގެ ލޭބަ ކުއާޓާއެއްގައި ވެސް ވަނީ ރޯވެ، އަނދައިފައެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ