ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުން އެ ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު ގައިސް އިސްތިއުފާ ދެއްވައިފިއެވެ.
ދެހާސް ނަވާރަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ގައިސް މަގާމުން އިސްތިއުފާ ދެއްވީ އެހެން މަސައްކަތްތަކަށް ހުސްވުމުގެ ގޮތުން ކަމަށް ބައެއް މީޑިއާތަކަށް އޭނާ ވިދާޅުވެފައިވެއެވެ.
ގދ. ތިނަދޫ އަށް އުފަން ގައިސް އަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ހަރަކާތްތަކުގައި މީގެކުރިން އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މީގެކުރިން އެ އަތޮޅުގެ، އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައެވެ.
ގައިސްގެ މަގާމަށް މެންބަރަކު ނެގުން އޮންނާނީ މިއަހަރުގެ މަޖިލިސް ހުޅުވުމުން ކަމަށް ބެލެވެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން