މިދިޔަ އަންގާރަ ދުވަހު ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ގެއްލިގެން ހޯދަމުން ފެނުނު އެކަކު މާލެތެރެއިން ފެނިފައިވާއިރު އޭނާގެ މައްޗަށް މަރެއްގެ ތުހުމަތު ކޮށްފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން އަދި އުމުރުން 45 އަހަރުގެ ގދ. ތިނަދޫ ރައްޔިތެއް ކަމަށްވާ، މުހަންމަދު ނިޒާމެވެ.
މީގެތެރެއިން މާލޭގައި ހުއްޓާ ފެނިފައި ވަނީ ދިވެހި މީހާ ކަމަށްވާ މުހައްމަދު ނިޒާމެވެ. ބަންގްލަދޭޝް މީހާ އަދިވެސް ނުފެނެއެވެ.
ފުލުހުން މިއަދު ބުނީ އެމީހާ މާލޭގެ ގެސްޓު ހައުސްއަކުން މިއަދު ފެނިފައިވާ ކަމަށެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށާއި އަދި އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ނިޒާމު މާލޭގައި ހުރިކަން އެންމެ ފުރަތަމަ ހާމަވެގެން ދިޔައީ އިބްރާހީމް މުހައްމަދު (ބިންޖަނާބު) އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އެގޮތުން ނިޒާމާއެކު ނަގާފައިވާ ފޮޓޯއަކާއެކު އިބްރާހީމް އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައި އޮތީ
އެކަން ހާމަވީ ނިޒާމު މާލޭގައި ހުއްޓާ އޭނާއާއެކު ފޮޓޯއެއް ނެގުމަށްފަހު މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމުންނެވެ. ގެއްލިގެން ހޯދަމުން އަންނަ ވާހަކަ ބުނުމުން އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަކަށް ފުލުހުން ނުބުނާ ކަމަށް ނިޒާމު އޭނާ ކައިރީގައި ބުނި ކަމަށެވެ.
ނިޒާމު ފެނުނު ކަމަށް ބުނިތާ މާގިނައިރުތަކެއް ނުވަނީސް ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް މަރެއްގެ ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.