މިދިޔަ އަންގާރަ ދުވަހު ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ގެއްލިގެން ހޯދަމުން އަންނައިރު އޭގެތެރެއިން އެކަކު މާލޭގައި ހުރިކަން ފުލުހުން ކަށަވަރު ކޮށްދީފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން އަދި އުމުރުން 45 އަހަރުގެ ގދ. ތިނަދޫ ރައްޔިތެއް ކަމަށްވާ، މުހަންމަދު ނިޒާމެވެ.
މީގެތެރެއިން މާލޭގައި ހުއްޓާ ފެނިފައި ވަނީ ދިވެހި މީހާ ކަމަށްވާ މުހައްމަދު ނިޒާމެވެ. އެކަން ހާމަވީ ނިޒާމު މާލޭގައި ހުއްޓާ އޭނާއާއެކު ފޮޓޯއެއް ނެގުމަށްފަހު މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމުންނެވެ.
އެގޮތުން ނިޒާމުއާއެކު ފޮޓޯ ނެގުމަށްފަހު ހިއްސާކުރީ އިބްރާހީމް މުހައްމަދު (ބިންޖަނާބު) އެވެ. ފޭސްބުކްގައި އެ ފޮޓޯ ހިއްސާ ކުރުމަށްފަހު އިބްރާހީމް ބުނީ ގެއްލިގެން ހޯދަމުން އަންނަ މީހާ ފެނިގެން އޭނާއާއެކު ފޮޓޯއެއް ނެގީ ކަމަށެވެ. އަދި އޭނާ ގެއްލިގެން ހޯދަމުން އަންނަ ވާހަކަ ބުނުމުން އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަކަށް ފުލުހުން ނުބުނާ ކަމަށްވެސް ބުނި ކަމަށް އިބްރާހީމް ބުންޏެވެ.
އިބްރާހީމަށް ގެއްލިގެން އުޅޭ މީހާ ފެނުނީ ޝީޝާ ކައިރީގައި ހުންނަ ކެފޭއަކުން ކަމަށްވެއެވެ.
ފުލުހުން މިއަދު ބުނީ އެމީހާ މާލޭގެ ގެސްޓު ހައުސްއަކުން މިއަދު ފެނިފައިވާ ކަމަށެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށާއި އަދި އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ބުންޏެވެ.
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ