މިދިޔަ އަންގާރަ ދުވަހު ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ގެއްލިގެން ހޯދަމުން އަންނައިރު އޭގެތެރެއިން އެކަކު މާލޭގައި ހުއްޓާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން އަދި އުމުރުން 45 އަހަރުގެ ގދ. ތިނަދޫ ރައްޔިތެއް ކަމަށްވާ، މުހަންމަދު ނިޒާމެވެ.
މީގެތެރެއިން މާލޭގައި ހުއްޓާ ފެނިފައި ވަނީ ދިވެހި މީހާ ކަމަށްވާ މުހައްމަދު ނިޒާމެވެ. އެކަން ހާމަވީ ނިޒާމު މާލޭގައި ހުއްޓާ އޭނާއާއެކު ފޮޓޯއެއް ނެގުމަށްފަހު މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމުންނެވެ.
އެގޮތުން ނިޒާމުއާއެކު ފޮޓޯ ނެގުމަށްފަހު ހިއްސާކުރީ އިބްރާހީމް މުހައްމަދު (ބިންޖަނާބު) އެވެ. ފޭސްބުކްގައި އެ ފޮޓޯ ހިއްސާ ކުރުމަށްފަހު އިބްރާހީމް ބުނީ ގެއްލިގެން ހޯދަމުން އަންނަ މީހާ ފެނިގެން އޭނާއާއެކު ފޮޓޯއެއް ނެގީ ކަމަށެވެ. އަދި އޭނާ ގެއްލިގެން ހޯދަމުން އަންނަ ވާހަކަ ބުނުމުން އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަކަށް ފުލުހުން ނުބުނާ ކަމަށްވެސް ބުނި ކަމަށް އިބްރާހީމް ބުންޏެވެ.
އިބްރާހީމަށް ގެއްލިގެން އުޅޭ މީހާ ފެނުނީ ޝީޝާ ކައިރީގައި ހުންނަ ކެފޭއަކުން ކަމަށްވެއެވެ.
އެކަމާއި ގުޅިގެން ފުލުހުންނާއި ސުވާލު ކުރުމުން ބުނީ އެކަމުގެ މައުލޫމާތު ސާފު ކުރުމަށްފަހު މީޑިއާތަކާއި ހިއްސާ ކުރާނެ ކަމަށެވެ.
އެންމެ ފަހުން ފުލުހުން ބުނީ ގެއްލިގެން އުޅޭ ދެ މީހުން ހޯދުމަށް މެރިން ޕޮލިހާއި ކޯސްޓުގާޑުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދެ މީހުން ހޯދުމަށް މާލެތެރެ ވެސް ބަލަމުން އަންނަ ކަމަށެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ