މިދިޔަ އަންގާރަ ދުވަހު ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަމުން އަންނައިރު، އެ ދެމީހުން ހޯދުމަށް މާލެތެރެ ވެސް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދެ މީހުން ފެނޭތޯ މާލެތެރެ ވެސް ބަލަމުން އަންނަ ކަމަށެވެ.
އިއްޔެ ފުލުހުން ބުނީ އެ މީހުން ދަތުރުކުރި ތެޔޮބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނެރު ކައިރިން އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އެ ބޯޓު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަކު އެ ބޯޓު ފެނުނު ނަމަވެސް ގެއްލިގެން ހޯދަމުން އަންނަ ދެ މީހުން ފެނިފައި ނުވާ ކަމަށް ބުންޏެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން އަދި އުމުރުން 45 އަހަރުގެ ގދ. ތިނަދޫ ރައްޔިތެއް ކަމަށްވާ، މުހަންމަދު ނިޒާމެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި