ކޮވިޑް19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ އިގްތިސޯދު ހުރި މިންވަރަށް މިހާރު ރުޖޫއުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ސްޓާފް ވިޒިޓަށް ފަހު ނެރެފައިވާ ޕްރެސް ރިލީޒްގައި ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިގުތިސާދު މިހާރު ބާރަށް ކުރިއަރަމުން އަންނަ ކަމަށެވެ. އެއީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
އިތުރު ޓްވީޓެއްގައި އަމީރު ވިދާޅުވީ 2022 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށާއި މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
https://twitter.com/iameeru/status/1609784098440241160?s=20&t=yuMExDazfIxYPWzG-un50w
"އިގްތިސޯދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެއިން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން. ރައީސް އަބަދުވެސް އިސް ކުރައްވަނީ ގައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް އަމީރު ވިދާޅުވީ ކައިރި ގައުމުތަކުން, ފެނިގެންދާ ހަގީގަތަކީ, ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި, އިގްތިސޯދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް" ވުމުން, އޭގެ ބޮޑު ގެއްލުމާއި ދެރަ އުފުލަންޖެހެނީ ވަރަށް ހިތިކޮށް ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދު ރަނގަޅުކޮށް އެތެރޭގައި ފައިސާ ހިފެހެއްޓުމަށް އިއްޔެ އިން ފެށިގެން ޓެކްސް ނަގަމުން އަންނަ ރޭޓު ވަނީ ބޮޑު ކޮށްފައެވެ.
އެގޮތުން މިހާރު ހަ ޕަސެންޓުގައި ނަގަމުން އަންނަ ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުވާނެއެވެ. 12 ޕަސެންޓުގައި މިހާރު ހުރި ޓީޖީއެސްޓީ ބޮޑު ކުރުމަށް ނިންމާފައި ވަނީ 16 ޕަސެންޓަށެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ