ހުޅުމާލެ އަށް ބަދަލު ކުރުމަށް ނިންމާފައިވާ ސަރުކާރުގެ އޮފީސްތައް މިމަހުގެ ތެރޭގައި ބަދަލުވާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
މިހާރު މަސައްކަތް ކުރަމުން ގެންދަނީ އޮފީސްތަކުގެ ސެޓަޕް ގާއިމް ކުރުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން އަމާޒު ހިފާފައި ވަނީ މިމަހުގެ 15ވަނަ ދުވަހުގެ ކުރިން އެތަން ރަސްމީކޮށް ހުޅުވާ ބޭނުން ކުރަން ފެށުމެވެ.
ސަރުކާރުން އޮފީސް އިމާރާތެއް އެޅީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ބައެއް މީހުންގެ އިމާރާތްތަކުގައި ބޮޑު ކުލި ދީގެން، އުޅެން ޖެހޭތީއެވެ.
ސަތޭކަ އަށްޑިހަ ފަސް މިލިއަން ރުފިޔާ އަށް އިމާރާތް ކޮށްފައިވާ އެ އިމާރާތަކީ ހުޅުމާލެ ފޭސް އެކެއްގައި އިމާރާތް ކޮށްފައިވާ އިމާރާތެކެވެ. އެ އިމާރާތް ހަދަން ހަވާލުކުރީ 2019 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ ހުނާން އިންޖީނިއަރިން ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
އެތަނަށް ބަދަލު ކުރާ މިނިސްޓްރީތަކުގެ ތެރޭގައި ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ ހިމެނެއެވެ. މީގެއިތުރުން އެތަނުގައި އެމެރިކަން އެމްބަސީ ވެސް ހުންނާނެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25،000 އަކަފޫޓު ހުންނާނެ ކަމަށެވެ.
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ