ރާއްޖެ މާއްދިއްޔަތަށް ވައްޓާލާ އިސްލާމީ ޝަހުސިއްޔަތު ރާއްޖޭގައި ކިލަނބު ކުރާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުން ކައިވެނި ކުރި މައްސަލައެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، އެކަމަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވަނިކޮށެވެ.
އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ
ރާއްޖޭގެ ގާނޫނު އަސާސީއާއި ކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާއި ހިލާފަށް އެފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
"މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި 4 ނޮވެމްބަރ 2026 ގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފުލުންގެ ޚިދުމަތުގައި އެދިފަ. ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭނެ،" ޝަހީމް ވިދާޅުވިއެވެ.
މި މައްސަލަ މިހާރު ބަލަމުން އަންނަކަން ފުލުހުން ވެސް ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނީ މިއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލެއް ކަމަށާއި އެހެންވެ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި
އިސްލާމީ ޝަހުސިއްޔަތު ކިލަނބުކުރާނަމަ ފިޔަވަޅު އަޅަންޖެހޭނެ
ރައީސް މުއިއްޒުގެ ޕާކިސްތާނު ދަތުރުފުޅަށް އިންޑިއާގެ ރައްދު