ކައުންސިލްތަކުން ވަޒީފާތަކަށް މީހުން ނެގުމުގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދަ ހޯދަން ލާޒިމުކޮށްފިއެވެ.
އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކޮށް، ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އާމްދަނީން ހަރަދުވާ ގޮތަށް ކައުންސިލްތަލުން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކަށް މީހުން ނަގަން ވާނީ ހުއްދަ ހޯދައިގެން ކަމަށެވެ.
އެކަން އެގޮތަށް ކުރަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ސިޓީގައިވެއެވެ.
"ވަކި މަސައްކަތެއް ކުރުމަށް 'ކޮންޓްރެކްޓް އެމްޕްލޯއިމެންޓް" އަދި "ވޭޖް އެމްޕްލޯއިމެންޓް" ވަޒީފާތަކަށް މީހުން ނަގަންވާނީ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ،" އިއްޔެ ކައުންސިލްތަކަށް ފޮނުވި ސިޓީގައިވެއެވެ.
މީގެ އިތުރުން ވަގުތީ ބޭނުންތަކަށާއި ވަކި މަޝްރޫތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް، ކޮންސަލްޓަންސީ އަދި މި ނޫނަސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާން ކުރަންވާނީ އެލްޖީއޭގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށެވެ.
އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ދަނީ ރަށްރަށުގެ ބާރުތައް މާލެއަށް ޖަމާކުރަމުންނެވެ. އެގޮތުން ރަށްރަށުގެ ބިންތަކާއި އާމްދަނީ ހުއްޓުވުމަށް ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްފައެވެ.
އެ ބަދަލުތައް ގެނައުމުގެ ކުރިން މި ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލާއި، ކައުންސިލަރުންގެ އަދަދު މަދުކޮށްފައެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި