ޗެންނާއީގެ މެރީނާ ބީޗަށް ބޮޑު ސުނާމީ ރާޅު އަރައި، ކްރިކެޓް ކުޅެން ތިބި ކުދިންތަކަކާއި މަސްވެރިން ކަނޑުގެ ތެރެއަށް ދަމައިގަތް އިރު، މުޅި ސަރަޙައްދަށް ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ބަންގާޅު ކަނޑުގެ އަނެއް ފަރާތުން ތައިލެންޑާއި އިންޑޮނޭޝިއާގެ ގޮނޑުދޮށްތަކަށް ޗުއްޓީ ހޭދަކުރަން ގޮސް ތިބި ފަތުރުވެރިންނާއި ޢާންމުންވެސް ވަނީ މި ރާޅުގެ ތެރެއަށް ގެނބިގެން ގޮސްފައެވެ.
އިންޑިއާ ކަނޑަށް އެރި މި ސުނާމީއަކީ އެފަދަ ދެވަނައެއް ނެތް ފަދަ ބޮޑު ގުދުރަތީ ކާރިސާއެކެވެ. މިއީ އިންޑޯ-ޕެސިފިކް ސަރަޙައްދުގެ 14 ގައުމަކުން ގާތްގަނޑަކަށް ކުއާޓަރު މިލިއަން މީހުންގެ ފުރާނަ ގެއްލި، ދެ މިލިއަނެއްހާ މީހުން ހާލުގައި ޖެހުނު ކާރިސާއެކެވެ.
ނަމަވެސް، މި ކާރިސާއާއެކު އިންޑިއާގެ އިމާޖެންސީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން (HADR) މުޅި ދުނިޔެއަށް ހާމަވެގެން ދިޔައެވެ. އިންޑިއާގެ އެތެރޭގެ ސަރަޙައްދުތަކާއި، ޚާއްޞަކޮށް އަންދުރަދޭޝް، ތަމިލްނާޑު އަދި އަންޑަމަން އެންޑް ނިކޯބާ ޖަޒީރާތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމުގެ އިތުރުން، އިންޑިއާއިން ވަނީ އަވައްޓެރި ލަންކާ، ރާއްޖެ، ތައިލެންޑް އަދި އިންޑޮނޭޝިއާއަށް އަވަސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ކާރިސާއާ ގުޅިގެން އިންޑިއާއިން އެކުއެކީގައި އެތެރޭގެ 2 އޮޕަރޭޝަނަކާއި ބައިނަލްއަޤްވާމީ 3 އޮޕަރޭޝަނެއް ހިންގިއެވެ. އެއީ:
އޮޕަރޭޝަން މަދަދު: ދެކުނު އިންޑިއާގެ ކަނޑުގެ ސަރަޙައްދަށް
އޮޕަރޭޝަން ސީ ވޭވްސް: އަންޑަމަން އެންޑް ނިކޯބާ އަށް
އޮޕަރޭޝަން ކާސްޓަރ: ދިވެހިރާއްޖެއަށް
އޮޕަރޭޝަން ރެއިންބޯ: ސްރީލަންކާއަށް
އޮޕަރޭޝަން ގަމްބީރު: އިންޑޮނޭޝިއާއަށް
މި އޮޕަރޭޝަންތަކުގައި އިންޑިއާގެ ތިން ސިފައިންގެ ބަހާއާއި ކޯސްޓްގާޑުގެ 40 އަށްވުރެ ގިނަ މަނަވަރާއި، އަސްކަރީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުގެ އިތުރުން 20،000 އަށްވުރެ ގިނަ ސިފައިން ބައިވެރިވިއެވެ.
މި ފިޔަވަޅުތަކާއެކު، އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ކާރިސާތަކުގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ އިތުބާރު ހުރި ގައުމެއްގެ ގޮތުގައި އިންޑިއާ ބަލައިގަނެވުނެވެ. އެއަށްފަހު، 2005 ވަނަ އަހަރު އިންޑިއާގެ ޕާލަމެންޓުން "ޑިސާސްޓަރ މެނޭޖްމަންޓް އެކްޓް" ފާސްކޮށް، ޤައުމީ، ސްޓޭޓް އަދި ޑިސްޓްރިކްޓް ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމުގެ ޤާނޫނީ އޮނިގަނޑު އެކުލަވައިލިއެވެ. އަދި ޚާއްޞަ އިމާޖެންސީ ފޯސް "ނޭޝަނަލް ޑިސާސްޓަރ ރެސްޕޯންސް ފޯސް" (NDRF) އުފެއްދިއެވެ.
2004 ގެ ސުނާމީއަކީ އޮސްޓްރޭލިއާ، އިންޑިއާ، ޖަޕާން އަދި އެމެރިކާގެ ނޭވީ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި މަސައްކަތުގެ ތެރެއިން "ކުއަޑް" (Quad) އިއްތިހާދު އުފެދުމަށް މެދުވެރިވި ކަމެއްވެސް މެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާއިން ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގި ބޮޑެތި އެޗްއޭޑީއާރް އޮޕަރޭޝަންތަކުގެ ތެރޭގައި:
އޮޕަރޭޝަން ނީރު (ޑިސެމްބަރު 2014 - ދިވެހިރާއްޖެ):
ރާއްޖޭގެ ފެން ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ފެނަށް ޖެހުމުން، އިންޑިއާއިން ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން 1,500 ޓަނުގެ ބޯފެން ރާއްޖެއަށް ފޯރުކޮށްދީފައެވެ.އޮޕަރޭޝަން މައިތުރީ (އޭޕްރީލް 2015 - ނޭޕާލް): ނޭޕާލަށް އައި ބިންހެލުމާ ގުޅިގެން 6 ގަޑިއިރު ތެރޭގައި އެހީގެ އޮޕަރޭޝަން ފަށައި، ހާލުގައި ޖެހުނު ގިނަ އަދަދެއްގެ މީހުން ސަލާމަތްކޮށް، ފީލްޑް ހޮސްޕިޓަލްތައް ގާއިމުކުރިއެވެ. އަދި އާާންމު ހާލަތަށް ގެނައުމަށް 2 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނެވެ.
އޮޕަރޭޝަން ބްރަހްމާ (މާރިޗު 2025 - މިއަންމާ): ބިންހެލުމާ ގުޅިގެން 750 މެޓްރިކް ޓަނުގެ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދީ، މަންޑަލޭގައި ފީލްޑް ހޮސްޕިޓަލްތައް ގާއިމުކުރިއެވެ.އޮޕަރޭޝަން ސާގަރު ބަންဓު (2025 ގެ އަގުސްޓު/ނޮވެމްބަރު - ސްރީލަންކާ): ތޫފާން ދިތުވާ އާ ގުޅިގެން 1000 ޓަނަށްވުރެ ގިނަ ކާބޯތަކެއްޗާއި ބޭސް ލަންކާއަށް ފޯރުކޮށްދިނެވެ.
އޮޕަރޭޝަން ދޯސްތު (2023 - ތުރުކީ އަދި ސޫރިޔާ): ބިންހެލުމާ ގުޅިގެން 250 އަށްވުރެ ގިނަ ރެސްކިއު އޮފިޝަލުންނާއި، މެޑިކަލް ޓީމުތަކާއި ކޭ-9 ޑޮގް ސުކޮޑު ފޮނުވިއެވެ.އެފްރިކާގެ ގައުމުތަކަށް އެހީ (2019 އަދި 2023): މޮޒަންބިކް އަދި މަލާވީއަށް އެރި ތޫފާންތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނެވެ.
ވެނެޒުއެލާއަށް އެހީ (26 ޖޫން 2026): ބިންހެލުމާ ގުޅިގެން C-17 މަތިންދާބޯޓުގައި 30 ޓަނުގެ އެހީގެ ސާމާނާއެކު 41 މެންބަރުންގެ ރެސްކިއު ޓީމެއް ފޮނުވިއެވެ.ވެކްސިން މައިތުރީ (ކޮވިޑް-19): ޖަނަވަރީ 2021 އިން ފެށިގެން 99 ގައުމަކަށާއި އދ. ގެ 2 އިދާރާއަކަށް 300 މިލިއަން ޑޯޒް ވެކްސިން ފޯރުކޮށްދިނެވެ.
އިންޑިއާއަށް އެޗްއޭޑީއާރް އަކީ ވަގުތީ ކަމެއްގެ ބަދަލުގައި، ޚާރިޖީ އަދި ސަލާމަތީ ސިޔާސަތުގެ މުހިންމު ބަޔެކެވެ. މިއީ މާރިޗު 2015 ގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ތަޢާރަފުކުރެއްވި "ސާގަރު" ސިޔާސަތާއި، 2019 ގެ އިންޑޯ-ޕެސިފިކް އޯޝަންސް އިނިޝިއޭޓިވް (އައިޕީއޯއައި) އަދި މާރިޗު 2025 ގެ "މަހާސާގަރު" ރާވައިފާ ސިޔާސަތުގެ ދަށުން ކުރިއަށްދާ ކަންކަމެވެ.
އިންޑިއާގެ އަމާޒަކީ ހަމައެކަނި ކާރިސާއެއް ދިމާވުމުން އެހީވުމެއް ނޫނެވެ. ބައިނަލްއަޤްވާމީ ސުނާމީ ވޯނިންގ ސިސްޓަމް ގާއިމުކުރުމާއި، 60 ގައުމު ބައިވެރިވާ "ކޯލިޝަން ފޯ ޑިސާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރ" (ސީޑީއާރްއައި) މެދުވެރިކޮށް ތަރައްޤީވަމުންދާ ޖަޒީރާ ގައުމުތަކުގައި ކާރިސާތަކަށް ގުޑުންއަރާފަދަ އިމާރާތްތަކާއި ހޮސްޕިޓަލްތައް ބިނާކުރުމަށްވެސް އިންޑިއާއިން ދަނީ އެހީތެރިވަމުންނެވެ.
އަވަސް، ބޭނުންތެރި އެހީތެރިކަން ފޯރުކޮށްދީގެން އިންޑިއާ މިއަދު ވެފައިވަނީ ދުނޭގެ އިތުބާރުހުރި، އެންމެ ފުރަތަމަ އިޖާބަދޭ އެކުވެރި ގައުމަށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި