މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ރާއްޖޭގެ "ފަވަރަ" ނިޒާމާއި އިންޑިއާގެ "ޔޫޕީއައި" ގުޅާލައި، ރުފިޔާ އެކައުންޓްތަކުން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެން މިއަދު އެމްއެމްއޭގައި ބޭއްވި ހަފުލާއެއްގައެވެ.
މީގެ ސަބަބުން މި ދެ ބޭންކުގެ ކަސްޓަމަރުންނަށް އެ ބޭންކެއްގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް، އިތުރު އެޕްލިކޭޝަނެއް ބޭނުންނުކޮށް އިންޑިއާގެ ޔޫޕީއައި އެކައުންޓްތަކަށް ފައިސާ ފޮނުވޭނެއެވެ.
މި ނިޒާމުގެ ތެރެއިން ދިވެހި ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ފޮނުވުމުން، އިންޑިއާގައި ހުންނަ ފަރާތުގެ އެކައުންޓަށް އެ ފައިސާ ވަގުތުން ޖަމާވާނީ އިންޑިއާ ރުޕީސްއިންނެވެ. މިއީ ރާއްޖޭގެ އެތެރޭގެ ބޭންކް ޓްރާންސްފާ އެކޭ އެއްފަދަ ރައްކާތެރި އަދި އަވަސް ހިދުމަތެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
މިވަގުތު މި ހިދުމަތް ލިބެނީ ހަމައެކަނި އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށެވެ.
ނަމަވެސް، ދެވަނަ ފިޔަވަހީގައި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމު ޓެސްޓުކުރުން ކުރިއަށް އޮތް ތަނުގައި ފެށޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ބޭރު ފައިސާގެ ގަވާއިދުގެ ދަށުން ކޮންމެ މީހަކަށް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ. ބޭންކުތަކުން ބޭނުންނަމަ މިއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ ބާރު އޮވެއެވެ. ފައިސާ ފޮނުވުމުގެ ކުރިން ލިބޭ ފަރާތުގެ މައުލޫމާތާއި، އެކްސްޗޭންޖް ރޭޓާއި، ފީތައް ކަސްޓަމަރަށް ފެންނާނެއެވެ.
މި މަޝްރޫއަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ޔޫޕީއައި އަކީ ދުނިޔޭގައި އެންމެ ފުޅާކޮށް ބޭނުންކުރާ އެއް ޑިޖިޓަލް ޕޭމަންޓް ނިޒާމެވެ.
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަނީ ރާއްޖޭގެ "ފަވަރަ" ނިޒާމާއި އިންޑިއާގެ "ޔޫޕީއައި" ގުޅާލައި، ރުފިޔާ އެކައުންޓްތަކުން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެން މިއަދު އެމްއެމްއޭގައި ބޭއްވި ހަފުލާއެއްގައެވެ. މީގެ ސަބަބުން މި ދެ ބޭންކުގެ ކަސްޓަމަރުންނަށް އެ ބޭންކެއްގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް، އިތުރު އެޕްލިކޭޝަނެއް ބޭނުންނުކޮށް އިންޑިއާގެ ޔޫޕީއައި އެކައުންޓްތަކަށް ފައިސާ ފޮނުވޭނެއެވެ.
މި ނިޒާމުގެ ތެރެއިން ދިވެހި ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ފޮނުވުމުން، އިންޑިއާގައި ހުންނަ ފަރާތުގެ އެކައުންޓަށް އެ ފައިސާ ވަގުތުން ޖަމާވާނީ އިންޑިއާ ރުޕީސްއިންނެވެ. މިއީ ރާއްޖޭގެ އެތެރޭގެ ބޭންކް ޓްރާންސްފާ އެކޭ އެއްފަދަ ރައްކާތެރި އަދި އަވަސް ހިދުމަތެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
މިވަގުތު މި ހިދުމަތް ލިބެނީ ހަމައެކަނި އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށެވެ. ނަމަވެސް، ދެވަނަ ފިޔަވަހީގައި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމު ޓެސްޓުކުރުން ކުރިއަށް އޮތް ތަނުގައި ފެށޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ބޭރު ފައިސާގެ ގަވާއިދުގެ ދަށުން ކޮންމެ މީހަކަށް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ. ބޭންކުތަކުން ބޭނުންނަމަ މިއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ ބާރު އޮވެއެވެ. ފައިސާ ފޮނުވުމުގެ ކުރިން ލިބޭ ފަރާތުގެ މައުލޫމާތާއި، އެކްސްޗޭންޖް ރޭޓާއި، ފީތައް ކަސްޓަމަރަށް ފެންނާނެއެވެ.
މި މަޝްރޫއަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ޔޫޕީއައި އަކީ ދުނިޔޭގައި އެންމެ ފުޅާކޮށް ބޭނުންކުރާ އެއް ޑިޖިޓަލް ޕޭމަންޓް ނިޒާމެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ