އައްޑޫ ސިޓީގެ ސަވާހިލީ ރަށުގައި އެންޓަޓެއިންމަންޓް އެންޑް ރިކްރިއޭޝަން ފެސިލިޓީއެއް ތަރައްގީ ކުރަން ބީލަމަށްލާފައިވަނިކޮށް، އެ ރަށް އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ވަކިކުރި މައްސަލަ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށްތަކާއި ސިޓީތަކުގެ އިޚްތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާ އެކު ބޭނުން ކުރުމަށް ކަމަށެވެ. ނަމަވެސް، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި ސަވާހިލި ވަކިކުރުމަކީ ރައީސް ޑރ. މުއިއްޒު ލާމަރުކަޒީ ޤާނޫނުގެ މަޤްސަދާ ޚިލާފަށް، އައްޑޫގެ ތަރައްޤީއަށް ހުރަސްއެޅުމަށް ހިންގާފައިވާ "ހަޑިހުތުރު އަމަލެއް" ކަމަށް އެ ޕާޓީން ސިފަކޮށްފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލުން ފަސް އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަމުންދާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލްތަކަށް ލިބިދީފައިވާ ޤާނޫނީ ބާރުތަކަށް އަރައިގަތުމެވެ.
"ރަށެއް ނުވަތަ ސިޓީއެއްގެ އިޚްތިސާސްއަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރަކީ ހިތުހުރިގޮތަކަށް ބޭނުންކުރެވޭނެ ބާރެއްނޫން،" ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސަވާހިލި ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށްލާފައި ވަނީ 50 އަހަރުގެ މުއްދަތަށެވެ. މި މަޝްރޫއުގެ ދަށުން ބީޗް އޭރިއާއެއް ހެދުމާއި، ވޯޓާ ސްޕޯޓްސް، މެރިން ރިކްރިއޭޝަން، ސްވިމިން ޕޫލް، އަދި އިންޑޯ އާއި އައުޓްޑޯ ކުޅިވަރުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތް ދެވޭނެ ތަންތަން ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީން ވަނީ ސަރުކާރުގެ މި ނިންމުމަކީ އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅު ކަމެއް ކަމަށް ބުނެ، ލާމަރުކަޒީ ޤާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމުގައި ސަރުކާރުން ހުރަހަކަށް ނުވުމަށް ގޮވާލާފައެވެ.
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ސަރުކާރުން އުޅެނީ 14،000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަން: ފައްޔާޒު
އެކި ފަހަރު މަތިން ސައުދީއަށް އެތެރެވެވޭ ހާއްސަ އުމްރާ ވިސާއެއް