ކުރީގެ ރައީސުންނަށް އެމްއެންޑީއެފުން ދެމުންގެންދާ ސެކިއުރިޓީ ކަނޑާލިއަސް، ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގައި ނަޝީދު ވިދާޅުވީ ބިރު ދައްކައިގެން އެމަނިކުފާނު މަގުމައްޗަށް ނުނުކުންނާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ އެއްވުންތަކަށް ޓެރަރިސްޓު ހަމަލާއައުމަކީ ވަރަށް ގާތް ކަމެއް ކަމަށާއި ސިޔާސީ އެއްވުންތަކަށް ސަލާމަތީ ބާރުތަކުން ދެމުންދާ ސަލާމަތާއި ރައްކާތެރިކަން އުނިކުރުމަކީ މުޅި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބޭ އުނިކަމެއް ކަމަށެވެ.
"އަޅުގަނޑުގެ ކަންބޮޑުވުމަކީ އަޅުގަނޑު މަރުވުން އެކަންޏެއް ނޫން. ބައިވަރު މީހުންނަށް ގެއްލުން ލިބިދާނެ. މިއީކީ ސަމާސާއަކަށް، ސިޔާސީ ވިސްނުމަކަށް ކުރާކަހަލަ ކަމެއް ނޫން،" ޗެއަރޕާސަންގެ މަގާމަށް އިންތިހާބުވުމަށްފަހު ބެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ނަޝީދު މިއަދު ވިދާޅުވިއެވެ.
ކުރީގެ ރައީސުން މުޒާހަރާއަށް ދާނަމަ، ސިއުރިޓީ ކަނޑާލުމަކީ އެމްއެންޑީއެފުން އެއްބަސްވާނެ ކަމެއް ނޫން ކަމަށެވެ.
"ގިނަ ފަހަރަށް ސިޔާސީ ލީޑަރެއް ނޫން މަރުވަނީކީ. ވަށައިގެން ތިބޭ މީހުން. ސިޔާސީ ބޭނުމަކަށް ސިޔާސީ ވިސްނުމަކަށް ކުރާ ކަހަލަ ކަމެއް ނޫން މިއީކީ،" ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސުން އިހުތިޖާޖުތަކުގައި ބައިވެރިވެވަޑައިގަންނަވާ ވަގުތުތަކުގައި، އެ ބޭފުޅުންނަށް ދައުލަތުން ފޯރުކޮށްދޭ ސަލާމަތީ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ވަނީ ނިންމާފައެވެ. އެ ކޮމިޓީން އެގޮތަށް ނިންމީ ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމެއްގައެވެ.
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި