މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަޅުބާޒާރުގައި ޑޮލަރު އަގޮބޮޑުކޮށް ވިއްކާ ކަމަށް ކުރެވޭ ތުހުމަތު ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ދޮގު ކުރައްވައިފިއެވެ.
އެމްއޭސީއެލް އަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޑޮލަރު ވަންނަ ކުންފުންޏެވެ. އެ ކުންފުންޏަށް ލިބޭ ޑޮލަރުތައް ބޮޑު އަގުގައި ވިއްކާކަމުގެ ތުހުމަތު އަންނަނީ މިފަހަކަށް އައިސް ކުރަމުންނެވެ.
ޕީއެސްއެމްގެ ޓީވީއެމްގައި ސިލްސިލާކޮށް މުންދު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމެއް އިއްޔެވެސް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އެމްއޭސީއެލް އިން ޑޮލަރު އަގުބޮޑުކޮށް ވިއްކާކަމުގެ ތުހުމަތާއި ގުޅޭ ސުވާލު ކޮށްފައެވެ.
ފުރަތަމަވެސް މުންދު ވިދާޅުވީ އެފަދަ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން ކޮށްފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުރަމުން އަންނަ އެ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށެވެ.
"ތުހުމަތާއި ޔޯލަ ފަހަތުން ދުވާނެ މުއައްސަސާތަކެއް ޑިމޮކްރަސީގައި އޮންނާނެ،" އެ ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވިއެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވަނީ ނޫމަޑި އަށް ބަދަލުދޭން ޖެހުނު މައްސަލައާ ގުޅުވައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކުރެއްވި ތުހުމަތުތަކަށް ވެސް ރައްދު ޖަވާބެއް ދެއްވައިފައެވެ.
މުންދު ފާހަގަކުރެއްވި ގޮތުގައި، ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒުގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ވަރަށް ސާފެވެ. އަދި އެކަމުގެ ހަގީގަތް އެނގޭ ހެއްކަކީ އޭނާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.
"މުހައްމަދު މުއިއްޒަކީ ވައްކަންކުރާނެ ބޭފުޅެއް ނޫން،" މުންދު ވިދާޅުވިއެވެ. އަދި ވިދާޅުވީ "ހުސައިން ވަހީދުގެ ގޮތެއް ނޭނގޭ" ކަމަށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި