ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އުވާލާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފިއެވެ.
ޑިމޮކްރަޓްސްގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އުވާލައިފައެވެ.
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރަން ނިންމީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދު ހަމަނުވުމާ ގުޅިގެންނެވެ.
އެމްޑީޕީ ދޫކޮށްލެއްވުމަށްފަހު އަމިއްލަ ޕާޓީއެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް އުފެއްދެވި ނަޝީދު މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާނެކަން ވެސް އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ.
"ބޮޑު ބަދަލު" ޝިއާރުގެ ދަށުން ޗެއާޕާސަން ކަމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވެފައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އުފެދިގެން އައީ 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.
އެ ދުވަސްވަރު ނަޝީދަށް ތާއީދުކުރާ ގިނަ އަދަދެއްގެ މެމްބަރުން ވެސް އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިފައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި