އިއްޔެ ހިނގި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާގައި ހިމެނޭ ސަޕްލައި ދޯނީގެ ކެޕްޓަންގެ ލައިސަންސް ފުލުހުން މިހާރު ވަނީ ހިފަހައްޓާ ތަހުގީގު ފަށައިފިއެވެ.
މި އެކްސިޑެންޓް ހިނގީ ދެ މީހުންނާއެކު ދަތުރުކުރި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއްގައި ސަޕްލައި ދޯނިން ޖެހިގެންނެވެ.
ލޯންޗުގައި ޖެހުމަށްފަހު ދޯނި މަޑުނުކޮށް ފިލި މައްސަލަ ފުލުހުން އަންނަނީ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ދޯނި ދުއްވަން ހުރި މީހާގެ ލައިސަންސް ހިފަހައްޓާފައިވާއިރު، މި ހާދިސާއާ ގުޅޭ ޖިނާއީ އަދި މަދަނީ ތަހުގީގުތައް ވެސް ދަނީ ކުރިއަށެވެ.
މި ހާދިސާގައި ލޯންޗުގައި ތިބި 38 އަހަރުގެ ދިވެހި ފިރިހެނަކަށާއި 30 އަހަރުގެ ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
އެކްސިޑެންޓްގައި ލޯންޗުގެ ކުރީކޮޅު އެއްކޮށް ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ދޯންޏަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި