ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ވާދަ ނުކުރައްވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހްމަދު ނާޒިމް އިސްތިއުފާ ދެއްވުމުންނެވެ.
ނާޒިމް އިސްތިއުފާ ދެއްވީ މިއަދު އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެފައި ވަނިކޮށެވެ. އެ ވޯޓު ނެގުމަށް ހުށަހެޅީ ޕީއެންސީންނެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ޕީއެންސީގެ މަޖިލިސް މެންބަރަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ އެޕާޓީގެ ޕީޖީ ތެރޭގައި ތިން ނަމެއް މަޖިލިސް ނާއިބަކަށް ގެނައުމަށް ވާހަކަދައްކަމުން އަންނަ ކަމަށެވެ.
"އެއީ ޝުޖާ (ބާރަށު ދާއިރާ) ދެން ޕީޖީ ލީޑަރު ފަލާހް (އިނގުރައިދޫ ދާއިރާ) އަދި ޓޮމް (މަހިބަދޫ ދާއިރާ). އެކަމަކު އަދި ވަކި ގޮތެއް ނުނިންމަން. ވާހަކަ ދެކެވެމުން އަންނަނީ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް ފަލާހް ވަނީ އެކަން ދޮގު ކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން ފަލާހް ވަނީ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް އޭނާ ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ