ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ މަގާމުން ވަކި ކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
ނާޒިމް ވަކި ކުރުމުގެ މައްސަލަ އޮންނަ ދުވަހަކީ މަޖިލީހުގެ މި ހިނގާ ދައުރުގެ ފަހު ޖަލްސާވެސްމެއެވެ. ނާޒިމް ވަކި ކުރުމުގެ ގަރާރަށް ބަހުސް ކުރުމަށް މެންބަރުންނަށް 50 މިނެޓު ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓު ދިނުމަށްވެސް ވަނީ ނިންމައިފައެވެ.
ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގައި މައިގަނޑު ދެ ތުހުމަތެއް ކޮށްފައިވެއެވެ. އެއީ މަގާމުގެ ބާރު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމާއި، މަޖިލީހުގެ މަސްލަހަތު ނަގާލުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ޒިންމާތަކުން ރެކިވަޑައިގަތުމުގެ ތުހުމަތެވެ.
އެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނާޒިމް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައި، ވަކި ފަރާތަކަށް ޖެހި ފިތުނަ އުފެދޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ މަސައްކަތްތަކުގައި ސިޔާސީ ގޮތުން ތައައްސުބުވެ، މަޖިލީހުގެ އާންމު މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ، މަގާމުގެ ވާޖިބުތަކަށް އިހުމާލުވެފައިވާ ކަމަށްވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ނާޒިމްގެ އަމަލުތައް ހުރީ ވަކި ފަރާތަކަށް މަންފާވާ ގޮތަށް ކަން ސާފުވާން އޮތުމުން، މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ރައްކާތެރިކޮށްދިނުމުގައި އޭނާ ވަނީ ބޮޑުތަނުން ފަސްޖެހިވަޑައިގެންފައި ކަމަށް ގަރާރުގައިވެއެވެ. އަދި އޭނާގެ މިފަދަ އަމަލުތަކުގެ ސަބަބުން މެންބަރުންގެ ގާނޫނީ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީޕީއަށް ޖޯޝާ ފޯރި ގެނެސްދެވޭނީ އަޅުގަނޑަށް: ނަޝީދު
އިންޑިއާއިން ހަކަތައިގެ ދާއިރާއަށް ކުރާ ހޭދަ 170 ބިލިއަން ޑޮރަލަށް
އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަންޖެހޭނެ
ނާޒިމް ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި
އީދުގެ އުފާ ފާހަގަކުރާއިރު މީހުންނަށް ފުރައްސާރަ ނުކުރަން ގޮވާލައިފި