އީދުގެ އުފާ ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމުން ދުރުހެލިވުމަށް އީދު ހުތުބާގައި ގޮވާލައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ކުރި އަޟްހާ އީދުގެ ހުތުބާގައި ވަނީ އީދުގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ﷲއަށް ބިރުވެތިވެ، ދީނާ ފުށުނާރާ ގޮތަށް ހަރަކާތްތައް އިންތިޒާމު ކުރުމަށް ގޮވާލައިފައެވެ. އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާއި އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއް ކަމަށެވެ. އީދުގެ އުފާފާޅު ކުރާއިރު އިސްލާމީ ސަގާފަތާއި ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހާ ކަންކަމުން ދުރުހެލިވުމަށްވެސް ގޮވާލިއެވެ.
އީދަކީ މުޅި އިސްލާމީ އުއްމަތް އެކަމުގައި ޝާމިލުވެ އެންމެން އުފާފާޅު ކުރަން ޖެހޭ ދުވަސްތަކެއް ކަމަށްވެސް އީދު ހުތުބާގައި ބުންޏެވެ. ރާއްޖޭގެ އެކި ސިނާއަތްތަކުގައި ބިދޭސީ މުސްލިމް އަހުންނާއި އުހުތުން އުޅޭކަން ފާހަގަކޮށް ހުތުބާގައި ބުނީ އެ މީހުންވެސް އީދުގެ އުފަލުގައި ބައިވެރި ކުރުވަން ވާނެ ކަމަށެވެ.
މީގެއިތުރުން އަންހެނުން ފިރިހެން ހެނދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމުން އަދި ދެ ޖިންސު މަސްހުނިވެގެން ކުޅިވަރުތައް ކުޅުމުން ދުރުހެލިވާން ޖެހޭ ކަމަށް އީދު ހުތުބާގައި ބުންޏެވެ.
އަމާން ވެއްޓެއްގައި ދިވެހިން އީދުގެ އުފާފާޅު ކުރަމުން އަންނައިރު އިސްލާމީ އުއްމަތުގެ ބަޔަކު ނުހަނު ނިކަމެތި ހާލުގައި ތިބިކަން ހަނދާން ނައްތާ ނުލުމަށްވެސް އީދު ހުތުބާގައި ބުންޏެވެ.
އެގޮތުން ނަސްލު ނައްތާލުމުގެ ބިރުވެރި ގަތުލްއާއްމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށްވެސް އީދު ހުތުބާގައި ހަނދާން ކޮށްދިނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން