ދިވެހި ޒުވާނުންނާއި މުސްކުޅިން މިއަދު ބޭނުންވަނީ އާ މޫނެއް ނޫން ކަމަށާއި އެ މީހުން ބޭނުން ވަނީ ހައްގުތައް ގެއްލިގެން ހިނގައި ދާނެ ކަމުގެ އިހުސާސް ނުކުރެވޭނެ ދުވަހެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިރޭ އާޓްފިޝަލް ބީޗުގައި ބޭއްވި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ޒުވާނުން ބޭނުން ވަނީ އެމްޑީޕީން ގޮނޑި މޭޒު އޮޑިޓު ކުރާކަށް ނޫން ކަމަށެވެ. ޒުވާނުން ބޭނުން ވަނީ ޒުވާން މޫނެއް އެޕާޓީގެ ހިންގުމާއި ހަވާލުވާކަށް ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ޒުވާނުން ބޭނުންވަނީ އެމީހުންނަށް ޖެހިފައި އޮތް ބަލާ މުސީބާތުން ސަލާމަތް ކުރެވޭނެ ގޮތް ދައްކައި ދެނީ ކޮން ބައެއްތޯ ބަލަން. ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންވެސް ބޭނުންވަނީ އަޅުގަނޑުމެންނަށް މިގައުމުގައި ހަމަ ނޭވާއެއް ލައިގެން އަލުން ހައްގުތައް ގެއްލިދާނެ ކަމުގެ ބިރުވެރިކަން އަބަދު އިހުސާސް ނުކުރާނެ ދުވަހެއް ހޯދަން،" ފައްޔާޒު ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ފައްޔާޒު އިސްމާއީލް އިއުލާން ކުރައްވާފައިވާ "ބޮޑު ބަދަލު" ހިފައިގެން ރައްޔިތުން ގާތަށް އައީ ޒުވާނުންނާއި ދުވަސްވީ މީހުން ބޭނުންވާ ގޮތްތައް ހޯދައި ދިނުމަށް ކަމަށް ފައްޔާޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"އަލުން އަނބުރާ އުއްމީދެއް ދިނުމަށް [ބޮޑު ބަދަލާއެކު އައީ] އަޅުގަނޑުމެންގެ ބޭނުމަކީ މިހާރު މިއޮތް މައްސަލަތަކަށް ހައްލެއް ހިފައިގެން ތިޔަ ބޭފުޅުން [ރައްޔިތުން] އަރިހަށް ގޮސް ތިޔަ ބޭފުޅުންގެ ރުހުން އެކަމަށް ހޯދައިގެން އަޅުގަނޑުމެންގެ މި މަސައްކަތައިގެން ކުރިޔަށް ދިއުން،" ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީ އަށް ވެރިކަން ދޭން ހަމަ ބުނާއިރަށް އެކަން އެގޮތަށް ވާކަށް މިއަދު ނެތް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ