ރާއްޖޭގެ މެދުތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވައިގަދަވެފައި ކަނޑުތައް ގަދަވުމުގެ ސަބަބުން ޔެލޯ އެލާޓު ނެރެފިއެވެ.
މިއަދު ހެނދުނު 6:30 އިން ފެށިގެން 10:30 އާ ހަމައަށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ބަލައި މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
މީގެ އިތުރުން، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހެނދުނު 11:00 އިން ހަވީރު 5:00 އަށް ހުދު ސަމާލު ނެރެފައިވަނީ ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ބ. އަތޮޅުން ފެށިގެން އއ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކޮށް، އެ ސަރަހައްދުތަކަށް މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
ކުރިއަށް އޮތް އާދިއްތަ ދުވަހުން ފެށިގެން އަޟްޙާ އީދުގެ ބަންދަށް ސަރުކާރު އެއް ހަފުތާއަށް ބަންދުވާތީ، މިއަދުން ފެށިގެން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މޫސުން ގޯސްވެ ކަނޑުގަދަވާނެތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ސަރުކާރުން އުޅެނީ 14،000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަން: ފައްޔާޒު