ވ. އަތޮޅުގެ ކަނޑުއަޑީގައި އޮންނަ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު، އެ ހޮހަޅައިގެ ތެރެއިން ފެނިއްޖެއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އެ މީހުން ފެނިފައިވަނީ ކޯސްޓްގާޑާއި، ފުލުހުން އަދި އިޓަލީ ސަރުކާރުން ފޮނުވި ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި ހަތަރު މީހުންގެ ހަށިގަނޑުތައް ހުރި ތަން މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، ހަށިގަނޑުތައް ފެނުނީ އެމީހުން ފީނަން ވަން ހޮހަޅައިގެ ތެރެއިން ކަމަށާއި، ކުރިއަށް އޮތް ޑައިވްތަކުގައި އެ ހަށިގަނޑުތައް ބޭރަށް ނެރުމުގެ މަސައްކަތް ކުރުމަށް ތަރުތީބު ކުރެވިފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މި ހޯދުމަކީ ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އިޓަލީގެ އެހީތެރިކަމާއެކު، ފުން ކަނޑުތަކަށް ފީނުމަށް ހާއްސަ ތަމްރީނު ލިބިފައިވާ ޓީމަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހަށިގަނޑުތައް މައްޗަށް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިން ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު އަލުން ފަށާފައިވަނީ، އެ އޮޕަރޭޝަނުގައި އުޅުއްވި ކޯސްޓްގާޑުގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން މެދުކަނޑާލުމަށް ފަހުގައެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި