ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގުޅިގެން ދާދިފަހުން އިއުލާން ކޮށްފައިވާ "ބޮޑު ބަދަލާ"އެކު ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނިކުމެއްޖެ ނަމަ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ އިއްޔެ ހިތުޖެހުނު ލައްކަ ބަޔަކު އެޕާޓީގައި ތިބިކަމީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ. އެދުވަހު ހިތުގަޖެއްސި މީހުންގެ ފަރާތުން ބަދަލް ހިފުން އެއީ، މިރާއްޖޭގެ ސިޔާސީ އާދަކާދަ ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.
" ބޮޑު ބަދަލު އާއިއެކު 2028 އަށް ކުރިމަތިލައިފިނަމަ 2023 ތަކުރާރުވެ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވާނެ،" ޝަމްހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހަގީގަތް ގަބޫލުކުރާ ހާލު، އިންތިހާބެއް ކާމިޔާބުވާނީ ހުރިހާ ލީޑަރުން އެކީގައި މަސައްކަތް ކޮށްގެންކަންވެސް ގަބޫލުކުރަންޖެހޭނެ ކަމަށެވެ. ދެއަހަރާއި ބައިގައި އެޕާޓީން އަދުގެ ސަރުކާރު ހަމަ ބިމަށް ތިރިކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެ ކާމިޔާބު ހޯދި ފޯމިއުލާ ދޫކޮށްނުލުމަށް އަޅުގަޑުމެން އެދޭތީ މީގެ ހަތަރު މަސް ކުރިން މެމްބަރު (ގަލޮޅު ދެކުނު ދާއިރާގެ) މީކާއީލް ނަސީމް އަށް ތާއީދުކޮށް މަސައްކަތްފެށީ،" ޝަމްހީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގރ ލީޑަރުން މަޝްވަރާކޮށް، ޕާޓީ އިތުރަށް ބައިބައި ނުވާނެހެން ދާއިމީ ޗެއާޕާސަނެއްގެ މައްސަލައަށް ހައްލުހޯދަން އަދިވެސް ލަސްނުވާ ކަމަށެވެ. އެ ޕާޓީގެ އާންމު މެމްބަރުން އެދެނީ އެއްބައިވަންތަކަން ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު