ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ މަގާމަށް، އަލްފާޟިލް ހަސަން ރަޝީދު މިއަދު އައްޔަންކުރައްވައިފިއެވެ.
ވަޒީރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު 20 އިން 15 އަަށް މަދުކޮށް އައު ކެބިނެޓު ރޭ ވަނީ ހުވާ ކުރައްވައިފިއެވެ.
މި ބަދަލުތައް ގެނެސްފައި މިވަނީ ކުއްލި ގޮތަކަށް ރައީސް މުއިއްޒުގެ ކެބިނެޓުގެ 10 ވަޒީރުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ ވަޒީރުން އިސްތިއުފާ ދެއްވާފައި މިވަނީ، ރައީސް މުއިއްޒު ގެންނަވަން ނިންމަވާފައިވާ ބަދަލުތަކަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައިވެއެވެ.
އަލަށް ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި މުޅިން އަލަށް ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުން އެބަ ތިއްބެވިއެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުތަކުން ސަރުކާރު ބޭނުންވި ކާމިޔާބީއެއް ނުލިބުނެއެވެ.
އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ކަންކަން ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ
ޔާމީނަކީ ވިސްނުންތެރި، ވިޝަނަރީ ބޭފުޅެއް: ސައީދު
ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތް
ޕާޓީތަކުން މެންބަރުން ވަކިކުރެވޭ ބިލު ހުށަހަޅަނީ
ތިލަމާލެ ބްރިޖުގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް