ދިވެހި ރައްޔިތުން ބުނެފައިވާ "ނޫނެކޭ" ގަބޫލުކޮށް ގާނޫނުއަސާސީ އަށް ސަރުކާރުން އިސްވެ އޮވެ ގެނެސްފައިވާ ދެ އިސްލާހު ބާތިލް ކުރުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައިފިއެވެ.
އެކްސްގައި ޝަމްހީދު ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ 70 ޕަސެންޓު ރައްޔިތުން ނޫނެކޭ ބުނެ ސަރުކާރަށް ދިން މެސެޖަކީ، މަޖިލިސް ޕީއެންސީ ސުޕަ މެޖޯރިޓީން ގާނޫނުއަސާސީ އަށް ގެންނަމުންދާ ބަދަލުތައް ބަލައިނުގަންނަކަން ކަމަށެވެ.
ޝަމްހީދު ވިދާޅުވީ މަޖިލީސް މެމްބަރުން އިންތިހާބުކުރި ދާއިރާއަށް ވުރެ ޕާޓީ އާއި ރައީސުލްޖުމްހޫރިއްޔާ އިސްކޮށް، މެމްބަރުންގެ ބާރު ކަޑުވާލި ބިލާއި 2 އަތޮޅުތަށް ހިންގުމުގައި ލާމަރުކަޒު ސިފަކަނޑުވާލި، އަތޮޅު ކައުންސިލްތައް އުވާލި ބިލު ބާތިލް ކުރަންޖެހޭ ކަމަށެވެ.
"ރައްޔިތުން ބުނި “ނޫނެކޭ” ގަބޫލްކޮށް ވީހާވެސް އަވަހަކަށް މި ދެއިސްލާހު ބާތިލްކުރުމަށް، ނޫންނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ލާޒިމުކަމެއް ކަމަށް ދެކޭތީ، މިކަންތައްތައް ލަސްނުކޮށް ތަންފީޒުކުރުމަށް ގޮވާލަން،" ޝަމްހީދު ވިދާޅުވިއެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުން ފެނޭތޯ ނުވަތަ ނޫންތޯ ވޯޓަކަށް އަހައިފައެވެ. ރައްޔިތުންގެ ތެރެއިން 148،859 ރައްޔިތުން ވޯޓު ދިނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު