ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް އެ މަޖިލީހުން ނިންމައިފިއެވެ.
މިރޭ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުން ބާއްވާފައި ވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. މިރޭގެ ބައްދަލުވުމުގައި ނަޝީދަށް ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް ފާސްކުރީ ގައުމީ މަޖިލީހުގެ 61 މެންބަރުންގެ ވޯޓުންނެވެ.
ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާފައި މިވަނީ އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދި އެ ހިޔާލު ތަފާތުވުންތައް ހައްލު ކުރެވުމާއި ގުޅިގެންނެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް އައިސްފައި ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަވަމުން ފުރުސަތު ނުދެއްވަން ނިންމި ހިސާބުންނެވެ.
އެއާއެކު ނަޝީދު ވަނީ ޖަލްސާ ވެސް ބޮއިކޮޓް ކުރައްވާފައެވެ. ނަމަވެސް ނަޝީދަށް ހާއްސަކޮށްފައިވާ ގޮނޑިއެއް އެ ޖަލްސާގައި ހުއްޓެވެ. އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވެސް ހާއްސަކޮށްފައިވާ ގޮނޑިއެއް ހުރި ނަމަވެސް ފައްޔާޒުވެސް އެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ނަމަވެސް އެމްޑީޕީގެ އިސް ލީޑަރުން މަޝްވަރާތައް ކުރުމަށްފަހު މިހާރު އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ. އަދި ގައުމީ މަޖިލީހުން ނަޝީދަށް ފުރުސަތު ދޭން ނިންމިއިރު ދާއިމީ ޗެއާޕާސަން އެއް އިންތިހާބުވަންދެން ހަ މެންބަރުންގެ އިންޓަރިމް ކޮމެޓީއެއް ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
އެ ކޮމެޓީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި މިހާރުގެ ވަގުތީ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އިތުރުން ޕީޖީ ލީޑަރު އިބްރާހީމް ނާޒިމް ހިމެނެއެވެ.
މިއީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބުނު އިތުރު ހިތްވަރެއް: ޝަމްހީދު
ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް އެކުގައި މަސައްކަތް ކުރެވޭނެ
ރައީސް ނަޝީދަށް އެމްޑީޕީ ގައުމީ މަޖިލީހުން ފުރުސަތު ދީފި
ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު
މައްސަލަ ހައްލުކުރަން ފައްޔާޒުކުރި މަސައްކަތަށް ނަޝީދުގެ ޝުކުރު
މައްސަލަ ހައްލުކުރަން އެމްޑީޕީ ގައުމީ މަޖިލިސް ކުއްލި ބައްދަލުވުމެއް