ގއ. ވިލިނގިލީ ސްކޫލުގައި ރޯވިއިރު އެތަނަކީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި އެރަށު ރައްޔިތުން ވޯޓުލުމަށް ހާއްސަ ކޮށްފައިވާ މަރުކަޒު ކަމަށް އިލެކްޝަންސް އިން ބުނެފިއެވެ.
އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވީ ޕްރައިމަރީ ގްރޭޑްތަކުގެ ސްޓާފް ރޫމްގައި ހުރި އޭސީއެއް ޝޯޓްވެގެންނެވެ.
އެ ހާދިސާގައި ސްކޫލުގެ ސްޓާފް ރޫމުގެ އިތުރުން، އެ ތަނާ އިންވެގެން ހުރި ޕްރިންޓް ރޫމާއި ކްލާސްރޫމަކަށް އަލިފާން ފެތުރުމުގެ ސަބަބުން އެ ތިން ތަނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
"ހަތާވީސް" އިން ސުވާލު ކުރުމުން އިލެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ސްކޫލަކީ ކައުންސިލް އިންތިހާބުގައި އެރަށު ރައްޔިތުން ވޯޓުލުމަށް ހާއްސަ ކޮށްފައިވާ މަރުކަޒު ކަމަށެވެ.
އެހެންނަމަވެސް އަލިފާނާއި ގުޅިގެން އިލެކްޝަންސްގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ވެފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވިލިނގިލީގެ ރައްޔިތުންގެ މަސައްކަތުން އަލިފާންގަނޑު ބައިގަޑިއެއްހާއިރު ތެރޭގައި ކޮންޓްރޯލްކުރިއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން