ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރުގައި ދެ ގައުމުން ސޮއިކޮށްފިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށްޓަކައި، އެކަމުގެ އޮނިގަނޑު ނުވަތަ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) އެކުލަވާލައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ނިންމެވި މި ނިންމެވުމާއެކު، ދެ ގައުމުގެ އިގްތިސާދީ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ވަނީ މަގުފަހިވެފައެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ނެތިގޮސް، އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ގާއިމުވާނެއެވެ.
މީގެ އިތުރުން ޔޫޕީއައި (UPI) ފަދަ ޕޭމަންޓް ނިޒާމުތަކާއި ލޯކަލް ކަރަންސީ ސެޓްލްމަންޓް މެކޭނިޒަމްގެ ސަބަބުން، ދެ ގައުމުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން