މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް އެއް މަސް ފުރުނުއިރު، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު މިއަދު އަނެއްކާވެސް ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
އިގްތިސޯދީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު ވަނީ 116 ޑޮލަރަށް އަރައިފައެވެ. މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި މަހުގެ ތެރޭގައި އެކަނިވެސް ތެލުގެ އަގު ވަނީ 59 ޕަސެންޓަށް އުފުލިފައެވެ. މިއީ 1990 ވަނަ އަހަރުގެ ގަލްފް ހަނގުރާމައަށްވުރެ ބޮޑު އިތުރުވުމެކެވެ
އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ވަރުގަދަކޮށް، ދަތުރުފަތުރަށް ހުރަސްއަޅައިފައެވެ. މިއީ ތެލުގެ އަގު އުފުލެން ދިމާވި އެންމެ ބޮޑު ސަބަބެވެ.
ޔަމަނުގެ ހޫތީން ވަނީ މި ހަފުތާ ބަންދުގައި ފުރަތަމަ ފަހަރަށް އިސްރާއީލަށް ހަމަލާދީ، މި ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. މީގެ ސަބަބުން ރަތްކަނޑުގެ ދަތުރުފަތުރަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ 3،500 މެރީނުންނާއި "ޔޫއެސްއެސް ޓްރިޕޮލީ" މަނަވަރު މެދުއިރުމައްޗަށް ފޮނުވާފައެވެ. މިއީ ފާއިތުވި 20 އަހަރު ތެރޭގައި އެމެރިކާއިން މި ސަރަހައްދުގައި އަސްކަރީ ބާރު މިހާ ބޮޑަށް ވަރުގަދަކުރި ފުރަތަމަ ފަހަރުވެސްމެއެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި