ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން އަމިއްލަ ވިޔަފާރިތަކަށް ތެޔޮ ވިއްކަމުން އަންނަ އަގު ބޮޑުކޮށްފިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާއިގެ އަސަރު ރާއްޖެއަށްކޮށް، އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މި މަހުގެ ފަސްވަނަ ދުވަހު ވަނީ ބޮޑު ކޮށްފައެވެ.
އެ ދުވަހު އެސްޓީއޯ އިން ބުނީ އެކުންފުނިން ވިއްކާ ޕެޓްރޯލްގެ މިހާރުގެ އަގަކީ 16.01 ރުފިޔާ ކަމަށެވެ. ކުރިން ވިއްކި އަގަކީ 13.50 ރުފިޔާއެވެ. ޑީސަލް ކުރިން ވިއްކަމުން ދިޔައީ 13.92 ރުފިޔާ އަށެވެ. މިހާރު އެސްޓީއޯ އިން ޑީސަލް ވިއްކާ އަގަކީ 17.54 ރުފިޔާއެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް ތެލުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށް ސަރުކާރުގެ ވެރިން ބުނެފައި ރައްޔިތުން ނިދާފައި ތިއްބާ ތެލުގެ އަގު ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށެވެ.
"ޑީސަލް ލިޓަރެއް 28.32 އަށް ޕެޓްރޯލް ލިޓަރެއް 27.13 ރުފިޔާ އަށް ބޮޑު ވެގެން މި ދިޔައީ. ތަކެތީގެ އަގު އަތްނުފޯރާ ފަށަށްގޮސް ރައްޔިތުން ވަރަށް ބިކަހާލުގައި ޖެހިގެންދާނެ. ސަރުކާރުން ވިއްކާ އެކި ބާވަތްތަކުގެ އަގު ބޮޑު ކުރަމުން ދާއިރު ހަރަދު ކުޑަ ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާތަނެއް ނުފެނެ. އޭގެ ބަދަލުގައި ފެނިގެން މިދަނީ ސަރުކާރުގެ ކުންފުނިތަކުން އެތައްސަތޭކަ ވަޒީފާ އިއުލާންކޮށް ބޭކަރު އެތަށް ހަރަދެއް ކުރާ މަންޒަރު،" އައްބާސް ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި އަމިއްލަ ވިޔަފާރިތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.30 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 15.19 ރުފިޔާއަށެވެ. އައްޑޫގައި ވެސް ވިއްކަމުން ގެންދަނީ 29 ރުފިޔާއަށެވެ.
އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުވުމާއެކު އަމިއްލަ ވިޔަފާރިތަކުން ދެމުން އަންނަ ހިދުމަތްތަކުގެ އަގުތައްވެސް އަންނަނީ އިންތިހާ އަށް ބޮޑުވަމުންނެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި