ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހަކު ބޭއްވުމަށް ތާއީދުކުރާކަން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އިސްކޮށް ހުންނަވާ އެމްޑީއޭ އިން ބުނެފިއެވެ.
އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދެ އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތަށާއި ގައުމުގެ އަމާންކަމަށް ބަލާއިރު، ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެވެ.
އިންތިހާބުތައް އެއްކޮށްލުމުން ދައުލަތުގެ ހަރަދުތައް ކުޑަވެ، ދަރަނި ބެލެހެއްޓުމަށް ލުއިތަކެއް ލިބޭނެ ކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އެއްބަސްވެއެވެ. އަދި މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި އެޅޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.
ސަރުކާރުން މިކަމަށް ކުރާ މަސައްކަތަށް މަރުހަބާ ކިޔަމުން އެމްޑީއޭ އިން ބުނީ، އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ ރައްޔިތުންގެ ދިރިއުޅުން އާރާސްތުކުރުމަށާއި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ޒިންމާދާރު ސިޔާސަތުތަކަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މަޖިލީސް މެންބަރެއްގެ އިތުރުން ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުންވެސް ސިޔާމް އަބަދުވެސް އިސްކަން ދެއްވަނީ ގައުމުގެ އިގުތިސާދީ އަދި އިޖުތިމާއީ ހަމަޖެހުމަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
މި ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭ ބިލު މިހާރު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. ނަމަވެސް، މި އިސްލާހު ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެއެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި